ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް ) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ކަނޑުތައް ގަދަވެ މޫސުން ގޯސްވީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޕްރެޝަރު ޓްރަފްގެ ސަބަބުންނެވެ.
މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިހާރުވެސް ވަނީ ހއ. އަތޮޅުން ފެށިގެން އދ.އަތޮޅާ ހަމައަށް ޔެލޯ އެލާޓުވެސް ނެރެފައެވެ.
މެޓް އޮފީހުން ލަފާ ކުރަނީ އެ ސަރަހައްދުގެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވެ، ވިލާގަނޑުގައި 25 މޭލަށް ވައި ގަދަވާނެކަމަށެވެ.
މީގެ އިތުރުން މާދަމާ އުތުރު އަދި މެދުރާއްޖޭގެ ރަށްތަަކަށް ވައިގަދަ ވުމުގެ އިތުރުން ދެކުނުގެ ރަށްތަކަށް ގަދަ ވަޔާއެކު ވިއްސާރަ ވާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށްފައެވެ.
ހަމައެއާއެކު ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ގަދަ ވަޔާއެކު ވިއްސާރަ ވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އާންމުކޮށް ވައިބާރު ވުމާއެކު ކަނޑުތައް ގަދަވުމުގެ އިތުރުން ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުނެއެވެ.
އެެހެންކަމުން އާއްމުކޮށް ހުރިހާ ފަރާތްތަކުންވެސް އަދި ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.
ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސް- މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ