މެމްބަރު ލަބީބް އަދި އާޒިމް އަލުން 241 ކޮމެޓީއަށް ހަމަޖައްސައިފި

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އަލުން ހަމަޖައްސައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާ ފައްޓަވާދެއްވާ ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މަޖިލީހުގެ ދަފްތަރަށާއި، ކޮމިޓީތަކަށް އައިސްފައިވާ ބަދަލުތައް ހާމަކުރައްވާފައެވެ.
އެގޮތުން ސަލާމަތީ ޚިދުމަތްތަކައި ބެހޭ ކޮމެޓީ (241 ކޮމެޓީ) ގައި ހިމެނޭ އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީގެ ބަދަލުގައި އެކޮމެޓީއަށް އަލުން އަނބުރައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެ ކޮމިޓީއަށް އަދި އެކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންގެ ބަލުގައި އަލުން އަނބުރައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެ ކޮމިޓީއަށް ހަމަޖައްސަވާފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.
ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީން އިލްޔާސް އާއި އާޒިމް އެކަހެރިވީ ރައީސް ނަޝީދުގެ ސެކިއުރިޓީ ބްރީޗްވީ ގޮތާ ގުޅޭގޮތުން މަޖިލީހުން އެކުލަވާލި އިންކުއަރީގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ދޭންޖެހޭ އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ