ހިޔާ ޓަވަރުތަކަށް ދާއިމީކޮށް ކަރަންޓު ދޭން ފަށައިފި

ހިޔާ މަޝްރޫޢުގެ ފްލެޓްތައް ހިމެނޭ ބައެއް ޓަވަރުތަކަށް ދާއީމީކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފިއެވެ.އެޗްޑީސީން ބުނީ މިއަދުން ފެށިގެން އެޗް15 އަދި އެޗް16 ޓަވަރަށް ދާއިމީކޮށް ކަރަންޓުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ހުރިހާ ޓަވަރަކަށް ދާއިމީކޮށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އިތުރު މައްސަލައެއް ދިމާނުވާނަމަ އެ ޓަވަރުތަކަށް މާދަމާ ދާއިމީ ކަރަންޓު ފޯރުކޮށްދޭނެ ކަމަށެވެ.ގިނަ ފަރާތްތަކުން ފްލެޓަށް ބަދަލުވުުގެ އަމަލީ މަސައްކަތް ފަށާއިރު، މިކަމަށް ބޭނުންވާ ތަކެތި އުފުލުމަށް ޓަވަރުގައި ހަރުކޮށްފައިވާ ލިފްޓްތަކުގެ ތެރެއިން 16 އެޕާޓްމެންޓެއްގެ ޓަވަރެއްގައިވާ ތިން ލިފްޓުގެ ތެރެއިން ދެ ލިފްޓް ބޭނުންކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.މީގެ އިތުރުން ފުލެޓުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ޓަކައި އެ ކޯޕަރޭޝަންގެ މުވައްޒަފުންތައް ހަރަކާތްތެރިވާނެ ކަމަށާއި މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ދެމުންގެންދާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި މިކަމަކީ ގިނަ ބައެއްގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާތީ މިކަމަށް ފުލެޓުތަކުގެ ވެރިންގެ އެއްބާރުލުން ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ."ކޮންމެ ދުވަހަކު ވެސް ޖެހިގެން އަންނަ ދުވަހު ކަރަންޓު ދެވިގެންދާނެ ދެ ޓަވަރު، މި ކުންފުނީގެ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނާއި ހިއްސާކުރަމުން ގެންދާނަން،" އެޗްޑީސީން ބުންޏެވެ.ފުލެޓުތަކުގެ ކުއްޔާއި މެއިންޓެނެންސް ފީގެ ގޮތުގައި މަހެއްގެ މައްޗަށް 8500 ރުފިޔާ ދޭން ޖެހެ އެވެ. މިއަދަދަކީ ފިނިޝިން ނުނިމި ހުރި ތަނަކަށް ބޮޑު އަދަދެއްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ކުލި އިތުރަށް ކުޑަކޮށް ނުދެވޭނެ ކަމަށް އެޗްޑިސީން މީގެ ކުރިން ވަނީ ބުނެފަ އެވެ.އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ކުރިން ވިދާޅުވެފައިވަނީ ފްލެޓްތަކުގެ ދާއިމީ ކަރަންޓު ގުޅައިލުމުން ފްލެޓްތަކަށް ވަނުމަށް ހުޅުވައިލާނެ ކަމަށެވެ. އަދި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށެގެން ޑިސެމްބަރު މަހުގެ ނިޔަލަށް ފިނިޝިންގެ މަސައްކަތް ނިންމާ މުއްދަތު ވެސް ވަނީ އިތުރުކޮށްފަ އެވެ. އެ މުއްދަތުގައި ކުލި ދައްކާކަށް ނުޖެހޭނެ އެވެ.ހިޔާ ފްލެޓްތަކަށް ކަރަންޓް ގުޅާ ނިމުމުން ކޮމާޝަލް ޔުނިޓްތައް ހަދަން ފެށޭނެ ކަމަށާއި އެހެންކަމުން ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާތާ، ގިނަ ދުވަސްތަކެއް ނުވެ އަސާސީ ހިދުމަތްތައް ދެވަނަ ފިޔަވަހިން ލިބޭނެ ކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ ދީފަ އެވެ.ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވީ ފިނިޝިންގއަށް ދިން މުއްދަތު ކުރުވުމެވެ. އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ފިނިޝިންގއަށް ދީފައިވާ މުއްދަތު މިއަހަރުގެ ޑިސެމްބަރާއި ހަމައަށް އިތުރުކޮށްދެއްވާފައެވެ. އަދި ފަހުން އިތުރުކުރި 3 މަހަށް ރައްޔިތުންގެ އަތުން ކުލިވެސް ނުނަގާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ