ރައްޔިތުން އަންގައިފި ނަމަ އީޔޫއަށް ތަބާވާނެ ކަމަށާއި ނަމަވެސް އީޔޫއަށް ތަބާވާން ރައްޔިތުން އަންގާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އެހެން ވިދާޅ:ުވީ މ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ.މުލީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑު ތަބާވާނީ އަޅުގަނޑުގެ ރައްޔިތުން އެކަން ކުރަން އަންގައިފިއްޔާ. އެކަމަކު އަޅުގަނޑެއް ގަބޫލެއް ނުކުރަން ރައްޔިތުން އެކަން ކުރަން އަންގާނެ ކަމަކަށް،" އީޔޫއަށް ތަބާ ނުވެއްޖެ ނަމަ ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަށް ރައްދު ދެއްވާ ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޝަރީއަތުން ބަޔަކަށް ލިބިފައިވަނީ އިންސާފުން ބޭރުން ލިބުނު އަދަބުތަކެއް ކަމަށް ބުނަ ރާއްޖޭގެ އެއްވެސް މިންވަރެއްގެ ބަޔަކު ނުނިކުންނަ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރުގެ މޭޑޭގައި ބޭއްވި މުޒާހަރާއަކީ އިންސާފު ނުލިބިގެން ކުރި މުޒާހަރާއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ގިނަ ބަޔަކު ނެރެގެން އެކަން ރޭވި މީހުން ބޭނުންވީ ސަރުކާރު ވައްޓާލަން ކަމަށާއި އެކަމުގެ އަޑިގައި ތިބި މީހުން ވެސް ނާއިންސާފު އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައްޔިތުން އަންގައިފިއްޔާ އީޔޫއަށް ތަބާވާނަން: ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ