ކަރަންޓު ޚަރަދު ކުޑަކޮށްދޭ ޑިވައިސެއް

ކޮންމެހެން ކުރަންޖެހޭ ހަރަދުތަކުގެ ތެރެއިން ކަރަންޓަށް ކުރާ ހޭދަ އަންނަނީ އިތުރުވަމުންނެވެ. އެހެންވެ މިކަމަށް ހައްލު ހޯދޭތޯ ވެސް މަސައްކަތްތަކެއް އެބަ ކުރެ އެވެ.
ޒިއާ ވަޔަލަސް އެނާޖީ ސޭވިން ޑިވައިސްއަކީ މިފަދަ މުހިއްމު އާލާތެކެވެ.
އެއްވެސް ނަރެއް ގުޅަން ނުޖެހޭ ގޮތަށް އިންސްޓޯލްކުރެވޭ މި ޑިވައިސް ފަރުމާކޮށްފައިވަނީ ދެ ސެންސަރު ހިމެނޭ ގޮތަށެވެ. އެއީ ދޮރުމަތީގައި ބަހައްޓާ ސެންސަރަކާއި ފަންގިފިލާގައި ހަރުކުރާ ސެންސަރެކެވެ. ދޮރުމަތީ ހަރުކޮށްފައިވާ ސެންސަރުން ދެނެގަންނާނީ މީހަކު ބޭރަށް ނުކުތްކަމެވެ. ދެވަނަ ސެންސަރަކީ ތަނުގައި މީހަކު ނެތްކަން ކަށަވަރުކޮށްދޭ ސެންސަރެކެވެ. ކޮޓަރީގައި މީހަކު ނެތި 15 މިނެޓު ހިނގައިފި ނަމަ އެއާކޮންޑިޝަނަރަށް ފޮނުވާލާ ސިގްނަލަކުން އެއާކޯން ކަނޑާލަދެއެވެ.
"ޒިއާ" ބޭނުންކުރުމުން ކަރަންޓު ޚަރަދު 30-70 ޕަސެންޓަށް ކުޑަކޮށްދެއެވެ. މިއީ ގޭގެ އާއި ހޮޓާތަކާއި މި ނޫނަސް މީހުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް އުފައްދާފައިވާ ޑިވައިސެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ