މައުމޫން ފައުންޑޭޝަނުން 10 ސްކޯލާޝިޕްގެ ފުރުސަތު ހުޅުވާލައިފި
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ހިންގަމުންގެންްދަވާ މައުމޫން ފައުންޑޭޝަންގެ ފަރާތުން 10 ސްކޯލާޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ. މައުމޫން ފައުންޑޭޝަންއިން މިއަދު ނެރުނުު ބަޔާނުގައި ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން އެ ފައުންޑޭޝަންގެ ފަރާތުން ދެމުންގެންދާ ސްކޯލާޝިޕްތައް މިއަހަރު ވެސް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މައުމޫން ފައުންޑޭޝަނުން ބުނީ މި އަހަރު ހުޅުވާލައިފައި ވަނީ އިންޑިއާގެ ބެންގަލޫރުގެ ގާޑަން ސިޓީ ޔުނިވާސިޓީން ފަސް ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ކަމަށެވެ. އޭގެ ތެރޭގައި ބެޗެލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗްލާ އޮފް ކޮމްޕިޔުޓާ އެޕްލިކޭޝަން، ބެޗްލާ އިން ބަޔޯ ޓެކްނޮލަޖީ، ބަޔޯ ކެމިސްޓްރީ ޖެނެޓިކްސްގެ އިތުރުން ބެޗެލާ އޮފް ފިޒިއަތޮރޮޕީ އާއި މާސްޓާސް އޮފް ޓޫރިޒަމް އެންޑް ޓްރެވަލް މެނޭޖްމަންޓް ހިމެނެ އެވެ. ހުޅުވާލި ސްކޯލާޝިޕްތަކަކީ ޕާޝިއަލް ސްކޯލާޝިޕްތަކެއް ކަމަށް ވެސް މައުމޫން ފައުންޑޭޝަނުން ބުންޏެވެ. ކޯސްތަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 21 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ޕޯމް ހުށަހަޅަން ޖެހޭނެ ކަމަށް މައުމޫން ފައުންޑޭޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ