ދައުލަތުން ގެއްލުނު ފައިސާ ހޯދަން މަސައްކަތް ކުރާނަން – އިބޫ

އިދުކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ސަރުކާރުގެ ކޮރަޕްޝަންބަލައި އެސެޓް ރިކަވާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
ވީޓީވީ އިން  ހޮނިހިރު ދުވަހު ރޭ ގެނެސްދިން "އިބޫ އާއި އެކު އެއްގަޑިއިރު" ޕްރޮގްރާމް ގައި ވާހަދައްކަވަމުން އިބޫ ވަނީ ސަރުކާރުގެ ކޮރޮޕްޝަން އަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފައެވެ. އިބޫ ވިދާޅުވި ގޮތުގައި މި ސަރުކާރުގައި ހިންގާފައިވާ އެމްއެމްޕީއާރްސީގެ ވައްކަމާއި ކޮރަޕްޝަނަކީ މި ރާޢްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ކަރަޕްޝަން ކަމަށެވެ.
ހުދު ރައީސް ޔާމިން ވެސް ވަނީ އެމްއެމްޕީއާރްސީ ގެކޮރަޕްޝަން މައްސަލަޔަކީ އެންމެ ބޮޑު ކޮރަޕްޝަން ކަމަށް ވިދާޅުވެފައި ކަން އިބޫ ފާހަގަ ކުރެއްވިއެވެ.
ގުޅިފައިވާ އިދުކޮޅު ކޯލިޝަންގެ ވެރިކަމެއް އަތުވެއްޖެނަމަ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލަ ބައްލަވާނެ ކަމަށާއި، ގާނޫނާ އެއްގޮތަށް ދެވިފަހުރި ރަށްތަކެއް ވެއްޖެއްޔާ އެރަށްތައް އެގޮތަށް ހިނގާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
އަދި ގާނޫނާއި އުސޫލާ ޚިލާފަށް ދެވިފަހުރި ރަށްތަކެއް ވެއްޖެއްޔާ އެއާ ދޭތެރޭ ގާނޫނުގަ އޮންނަގޮތުގެމަތިން ފިޔަވަޅު އަޅުއްވާނެ ކަމަށް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވިއެވެ.ނަމަވެސް އެކަމާބެހޭމާބޮޑު ތަފްސީލެއް އިބޫ ވިދާޅުވެފަ އެއް ނުވެެއެވެ.
"އިބޫ އާއި އެކު އެއްގަޑިއިރު ޕްރޮގްްރާމް" ގައި ވާހަކަ ދައްކަވަމުން އިބޫ އިތުރަށް ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ފުރަތަމަ ފާހަގަ ކުރެއްވީ ކުރީގެ އޮޑިޓޯ ޖެނެރަލް ކަމަށާއި، އޮޑިޓަރ ޖެނެރެލް އެކަން ރައީސްގެ ސަމާލު ކަމަށް ގެނައުމުން ކަންވެގެންދިޔަ ގޮތް ހުރިހާ ބޭފުޅުންނަށް ސާފުވެފަވާކަމަށެވެ. .
އެމްއެމްޕީއާރްސީިގެ ކޮރަޕްޝަން މައްސަލަ ބައްލަވާނެކަމަށް އިބޫ ވިދާޅުވިއިރު އެމައްސަލާގަ ހިމެނޭ މީހުންނަށް ދައުވާ ކުރެވިފައިވާކަން ފާހަގަ ކޮށްލެވެއެވެ.  އަދި ރައީސް ޔާމިން ގެ ސަރުކާރުން ވެސް ދަނީ ގެއްލުނު ފައިސާ ހޯދުމަށް ހާއްސަ ކޮމިޝަނެެއް އެކުލަވާލާ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ