ޖަމިއްޔަތުއް ސަލަފުން 2018 އަށް ރިޔާސީ ކެންޑިޑޭޓަކު ދައްކާނަން: ސަލަފުގެ ރައީސް

ޖަމިއްޔަތުއް ސަލަފުން 2018 އަށް ރިޔާސީ ކެންޑިޑޭޓަކު ދައްކާނެ ކަމަށާއި، އެކަން އޮތީ ކުރިޔަށް ކަމުގައި ޖަމިއްޔަތުއް ސަލަފުގެ ރައީސް އައްޝެއިޚް ޢަބްދުﷲ ބިން މުޙައްމަދު އިބުރާހީމް ވިދާޅުވެއްޖެ އެވެ.މޯލްޑިވްސް ފެކްޓް ކިޔާ ޓްވިޓަރ އެކައުންޓަކަށް ރައްދު ދެއްވަމުން 2012 ވަނަ އަހަރު އެ ޖަމިއްޔާއިން ޢާއްމު ކުރި ސިޓީވެސް ޢާއްމު ކުރުމަށްފަހު ސަލަފުގެ ރައީސް ޝެއިޚް ޢަބްދުﷲ ވިދާޅުވީ، 2018ގެ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ދެއްކުމުގެ ވަގުތު އޮތީ ކުރިޔަށް ކަމަށެވެ.@MaldivesFacts:
2018ge RiyaaseeInthikhaabah Candidataku DhekkumugeWaqth Kuriyah eboi @JamiyyathSalaf @HassanFikree pic.twitter.com/tHbDT86HvZ— Abdullah bin janaab (@binjanaab) January 25, 20152012 ވަނަ އަހަރު ޖަމިއްޔަތުއް ސަލަފުން އިޢުލާނު ކޮށްފައި ވާގޮތުން އިސްލާމް ދީނާއި ދިވެހި އުއްމަތަށް ވަފާތެރި، ޜާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތާއި ކަރާމާތް ހިފަހައްޓަން ކެރޭ، ލަފާދާރު ޤާބިލު ކެރޭ ތެދުވެރި ދިވެހި ދަރިއަކު، މާތް ﷲގެ ތައުފީޤާއި އެކު ހުރިތާކުން ހޯދައިގެން ރައްޔިތުންގެ ކުރިމައްޗަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނެރޭނެ ކަމަށް ޖަމިއްޔަތުއް ސަލަފުން ވަނީ ދިވެހި ރައްޔިތުންނަށް ވަޢުދުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ