ސިއްރުން ގެންދިޔަ ދަރިފުޅު މަންމައާ ހަވާލުކުރަން ހައި ކޯޓުން ވެސް އަންގައިފި

މަންމަ އަށް ސިއްރުން ބައްޕަ ގެންދިޔަ ފަސް މަހުގެ ދަރިފުޅު މަންމައާ ހަވާލުކުރަން ފެމިލީ ކޯޓުން ކުރި ވަގުތީ އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.ޖަރުމަންގެ ރައްޔިތެއް ކަމަށްވާ ތާނިޔާ ޝަރުއާނާއި ސ. މަރަދޫ ކަންމަތީގޭ އަހުމަދު ޝަރުއާނާ ކައިވެނިކޮށްގެން ލިބިފައިވާ ދަރިފުޅު ތާނިޔާއާ ހަވާލުކުރަން ފެމިލީ ކޯޓުން އަމުރުކުރީ ތާނިޔާ އަށް ސިއްރުން އެ ކުއްޖާ ގެންގޮސްފައި ވަނިކޮށެވެ. އެ އަމުރު ނެރުނު ނަމަވެސް ޝަރުއާން އުޅޭ ވަކި ތަނެއް ނޭނގޭތީ އެ ކުއްޖާ ހަވާލުކުރެވިފައި ނުވާތީ ފުލުހުން ވެސް ޝަރުއާން ހޯދި އެވެ.އެހެން ނަމަވެސް، ޝަރުއާން ވަނީ ފަހުން ފެމިލީ ކޯޓުގެ އަމުރު ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.ހައި ކޯޓުގައި މައްސަލަ އޮތުމުން ދަށު ކޯޓުގެ ހުކުމަށް އަމަލުނުކޮށް މަޑު ކުރުމަށް ހައި ކޯޓުން ވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އަމުރުކޮށްފަ އެވެ. ފުލުހުން އޭރު ދިޔައީ ޝަރުއާން ހޯދަމުން ނަމަވެސް ހައި ކޯޓުގެ އަމުރާ އެކު އެކަން ހުއްޓުމަކަށް އައިސްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ