އިދިކޮޅު ހުރިހާ ޕާޓިތައް ގުޅިގެން ސިޔާސީ ހަރަކާތްތަކެއް ހިންގަމުން ދަނީ އެއްވެސް ލީޑަޝިޕެއް ނެތި ކަމަށާއި، އެބޭފުޅުންނަށް ސަރުކާރު ބަލި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން ބޭރުގެ ސަފީރުންނާއި ޔޫއެންގެ މެމްބަރުންނާ ބައްދަލު ކުރައްވަމުން ގެންދެވުމާއި ގުޅިގެން ޙަލީލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ބޭރުގެ ނުފޫޒު ދިވެހިންގެ ތެރެއަށް ވައްދަން ކަމަށާއި ނަމަވެސް އެ ފުރުސަތު ނުދޭނެ ކަމަށެވެ. "ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން" ކަމަށް ޚަލީލް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުގައި ތިބި މީހުންގެ އެއްވެސް އެކުވެރި ކަމެއް ނެތި ކޮންމެ މީހަކު ވެސް ވެރިކަން ބޭނުން ވެގެން އުޅޭ މަންޒަރު ސިފަވެގެން ދާ ކަމަށް ވިދާޅުވެ ޚަލީލް ވަނީ ވަރަށް ބޮޑަަށް ފާޑު ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ބޭނުންވާ ވަރަށް އިދިކޮޅު ފަރާތްތަކަށް މެންބަރުންގެ ސޮއި ލިބިފައިވާ ކަމަށް ވިދާޅުވާ ވާހަކަތަކަށް ޚަލީލް ވަނީ ރައްދު ދެއްވައިފަ އެވެ. ވިދާޅުވީ އެހަދަނީ ހަމަ "ބުހުތާން" ދޮގުކަމަށާއި މެމްބަރުންގެ ސޮއި ހަމައެއް ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސޮއި ހަމަވި ނަމަ އެގޮތަށް ނުތިބޭނެ ކަމަށާއި މަޖިލިސް ޗުއްޓީގައި އޮތަސް އެ މައްސަލަ ވައްދައިގެން ކުރިއަށް ގެންދަންވީ ކަމަށެވެ. އެކަމަކު ނުވައްދާ ވާހަކަތަކެއް ދައްކަނީ އެ އަދަދަށް މެންބަރުން ހަމަ ނުވާތީ ކަމަށް ޚަލީލް ވަނީ ވިދާޅުވެފަ އެވެ.
އިދިކޮޅު ހަރަކާތްތަކުގައި ލީޑާޝިޕެއް ނެތް, ސަރުކާރު ބައްޔެއް ނުކުރެވޭނެ - އަބްދުﷲ ޚަލީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ