އިންޖީނުގެ ހޫނުން އުފެދޭ ފެން، ފުޅީގައި ބަންދު ކޮށްގެން ވިއްކަން ސްޓެލްކޯ އިން ނިންމައިފި

އިންޖީނުގެ ހޫނުން އުފެދޭ ފެން، ފުޅި ފުޅީގައި ބަންދު ކޮށްގެން ވިއްކަން ސްޓެލްކޯ އިން ނިންމައިފިއެވެ.
އެގޮތުން މާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުތަކުގެ ހޫނުން އުފެދޭ ފެން ބަންދުކޮށްގެން ވަރަށް އަވަހަށް ފަށާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
"އިންޖީނުގެ ހޫނު މަޑުކުރަން ބޭނުންކުރާ ފެން ޕްރޮސެސް ކުރުމަށްފަހު ފުޅީގައި ބަންދުކުރަނީ. އެފެނަކީ މިހާތަނަށް ރާއްޖޭގައި އުފައްދާ އެންމެ ކޮލިޓީ ރަނގަޅު ފެނަށް ވެގެންދާނެ" ސްޓެލްކޯ ގެ އޮފިޝަލަކު މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން އޮފިޝަލް ވިދާޅުވީ ފެން ބަންދުކުރަން ބޭނުންވާ ބޮޓްލިންގ ޕްލާންޓް ޤާއިމްކޮށް މިހާރުވަނީ ޓެސްޓުވެސް ކޮށްފައެވެ.
ސްޓެލްކޯ އިން ބަންދުކޮށްގެން ވިއްކަން ގަސްދުކޮށްފައިވާ ފެންފުޅި ތަކަށް "ސްޓެލްކޯ ފެން" ގެ ނަމުން ނަން ދީފައިވާ އިރު، ތަފާތު ހަތަރު ސައިޒެއްގެ ފުޅީގައި ފެން ބަންދު ކުރާނެ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ