މެމްބަރު ނާޒިމް ރަޝާދަށް ބިރު ދެއްކުމުގެ ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދަށް އިންޒާރު ދީ ބިރު ދެއްކި ކަމަށް ބުނެ ދައުލަތުން ދައުވާކުރި މީހާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުދަދުވަހު ހުކުމްކޮށްފި އެވެ.
އޮގަސްޓް، 2011 ގައި ނާޒިމް ރަޝާދަށް ބިރު ދެއްކި ކަމަށް ބުނެ ދައުލަތުން ދައުވާކުރީ ހ. ބްލޫމީޑް މުހައްމަދު ރާއިފްގެ މައްޗަށެވެ.
ކޯޓުގެ ހުކުމުގައި ވަނީ ނާޒިމްގެ ގައިގައި ޖަހާނެ ކަމަށާއި ވަޅި ހަރާނެ ކަމަށް ބުނެ ބިރު ދެއްކި ކަމަށް ރާއިފްގެ މައްޗަށް ދައުލަތުން ދައުވާކުރި ނަމަވެސް އޭނާ އިންކާރުކުރުމާއި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ވެސް އެކަން ސާބިތުނުވާ ކަމަށެވެ.
ނިމިދިއަ މަޖިލީހުގައި ވެސް ތުޅާދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ނާޒިމް އެމްޑީޕީގައި ހުންނެވުމަށް ފަހު މިހާރު ވަނީ ޕީޕީއެމަށް ސޮއިކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ