ފައިސާ ނެގި މެމްބަރުންގެ ނަން ހާމަކުރާނެ ކަމުގެ އިޝާރާތެއް މެމްބަރު އިސްމާއީލް ދެއްވައިފި

އިދިކޮޅު މެމްބަރުން ބޮޑެތި އަދަދުތަކުން ފައިސާ ނެންގެވި ކަމަށާއި ފައިސާ ނެންގެވި މެމްބަރުންގެ ނަން ހާމަކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.އެމްޑީއޭ އަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފައިސާ ނަންގަވައިގެން އުޅުއްވަނީ ރައީސް އަބްދުﷲ ޔާމީން ނޫން ކަމަށެވެ. ރައީސްގެ ވާހަކަ މެމްބަރުންނަށް ދެއްކެވެނީ ފައިސާ ނެންގެވި ވަރު ގިނަ ކަމުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ފައިސާތަކެއްގެ ވާހަކައެއް ކަމެއް އެއްވެސް ޓުވީޓެއްގައި އޭނާ ވިދާޅެއް ނުވެ އެވެ.އެކަމަކު ބެލެވޭ ގޮތުގައި މުހައްމަދު އިސްމާއީލް އެ ވިދާޅުވާ ފައިސާއަކީ އެމްއެމްޕީއާރުސީން ހިޔާނާތް ހިމެނޭ ގޮތަށް ދޫކުރި ރަށްރަށުން ލިބިފައިވާ
ފައިސާގެ ވާހަކަ އެވެ. "ފައިސާ ނެގި މީހުންގެ ނަންތައް ހާމަކުރަން ޖެހޭ ހިސާބުން ހާމަ ކުރާނަން.
ހަތިމުގައި އަތް ލައިގެން ހުވާ ވެސް ކުރާނަން،" މެމްބަރު ކުރެއްވި
ޓުވީޓެއްގައި ވިދާޅުވި އެވެ.Faisaanegi meehun nan thah ves Haam kuran jehay hisaabun Haam kuraanan hathimuga aiy laagen hure huvaa ves kuraanan pic.twitter.com/LZmMeVWhoG— Mohamed Ismail (@Muhmed_Ismail) March 9, 2016އެމްއެމްޕީއާރުސީން ހިޔާނާތް ހިމެނޭ ގޮތަށް ދޫކުރި ރަށްރަށުން ލިބިފައިވާ
ފައިސާ މެމްބަރުންނަށް ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް
ކުރަމުން ދަނިކޮށް "އެ ފައިސާ" ހިފައިގެން މެމްބަރުން އަރިހަށް ވަޑައިގެން
ފައިސާ ބެއްސެވި ކަމަށް މެމްބަރު އިސްމާއީލް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އަދި އެ ވާހަކަތައް ތަހުގީގު ކުރަމުންދާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.ކޮރަޕްޝަނާ
ގުޅޭ ގޮތުން ވާހަކަ ދެއްކެވި މެމްބަރުންނަށް ރައްދު ދެއްވައި އޭނާ
ވިދާޅުވީ ފައިސާ ހިއްޕަވައިގެން މެމްބަރުން އަރިހަށް ވަޑައިގަތީ ވެސް ޚުދު
އޭނާ ކަމަށެވެ. ނަމަވެސް އެ ފައިސާ ހިފައިގެން ދިޔައީ ކޮން ޕާޓީއެއްގެ
މެމްބަރުންގެ އަރިހަށް ކަމަކަށް މުހައްމަދު ވިދާޅެއް ނުވެ އެވެ."މި
ތަނުގައި އެކިއެކި ބޭފުޅުން ވަގުންގެ ވާހަކަ އާއި ފައިސާ ނެގި ވާހަކަ
ދައްކާކަށް މާ ރީއްޗެއް ނޫން. އެ ފައިސާ ގޯނި ހިފައިގެން އެ ބޭފުޅުން
ކައިރި އަށް ހިނގީ އަޅުގަނޑު. އެ ބޭފުޅުން ވަނީ ފައިސާ ކާލައިފައި،"
އެމްޑީއޭ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ވިދާޅުވި އެވެ.ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަކަށް އޮޑިޓަ ޖެނެރަލް ކުރެއްވި ހާއްސަ އޮޑިޓުން އެނގުނު
ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަގު 79 މިލިއަން ޑޮލަރު (1.2 ބިލިއަން
ރުފިޔާ) އަށް އަރަ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތެވެ.އެމްއެމްޕީއާރުސީގެ ފައިސާތަކުގެ ތެރެއިން ބައެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކުރީގެ ނައިބު ރައީސް އަދީބު އަދީބް ބެއްސެވި އިރު އެއީ، ކޮރަޕްޝަންގެ ފައިސާ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ