ތިނަދޫ ރައްޔިތުން ކަރަންޓް ނެތި ދެވަނަ ރެއަކަަށް

ކަރަންޓާއި ފެނުގެ ޒަމާނީ ޚިދުމަތް ލިބެން ފެށި ފަހުން މި ރަށަށް މިވަރުގެ ހުއްޓުމެއް އައިސްފައެއް ނުވެ އެވެ. ކަރަންޓް ދޭ އިންޖީނުތައް އަލިފާނުގެ ހާދިސާއެއްގައި އެނދުމުން މުޅި ރަށް ހުއްޓުމަކަށް އައިސް ރައްޔިތުންނަށް އުފުލަން ޖެހިފައި ވަނީ ކުރިން ހީވެސް ކުރެވިފައި ނެތް ބުރައަކާއި އުނދަގުލެކެވެ."ކަރަންޓް ނެތުމުން ވަރަށް ހާލުގައި ރޭ އުޅުނީ. ރަނގަޅަށް ނުވެސް ނިދޭ. ކުދިން ވެސް ނުނިދިގެން އަބަދު ރޮއެރޮއެ ތިބީ. ވަރުބަލިވެގެން ވެއްޓުނީ،" ތިން ކުދިންގެ މަންމަ ފާތުން ބުންޏެވެ."ހަވީރު"ގެ ނޫސްވެރިންނާ ވާހަކަދެއްކި އުމުރުން ދުވަސްވީ މީހަކު ބުނީ ރޭ ހީވީ ފަޅުރަށެއްގައި ދިރިއުޅެވުނު ހެން ކަމަށެވެ. އެ ހާލު ކިޔައި ދިނަސް އެހެން މީހަކަށް އިހުސާސް ނުކުރެވޭނެ ކަމަށް އެ މީހާ ބުންޏެވެ.ތިނަދޫގެ އުމުރުން ދުވަސްވީ މީހަކު މިއަދު ހެނދު ޖޯލި ފައްޗެއްގައި އޮށޯވެލައިގެން: ގިނަ މީހުންނަށް ރޭ ރަނގަޅަކަށް ނުނިދޭ. --ހަވީރު ފޮޓޯ: ނިޝާން އަލީ "މި ރަށުގައި 24 ގަޑިއިރު ކަރަންޓް ދެމުން އަންނަތާ އެތައް އަަހަރެއް ވެއްޖެ. އިއްޔެ ރޭ އިންޖީނުގެ އަނދައި ހުލިވުމުގެ ކުރިން މިފަދަ ހާދިސާއެއް ކުރިން ދިމާވެފައެއް ނުވޭ. މިއީ ވަރަށް ހިތްދަތި ދުވަސްތަކެއް. ކެތްކޮށްލައިގެން ތިބުން ނޫން ގޮތެއް ނެތް،" އޭނާ ބުންޏެވެ.ކަރަންޓް ނެތި ދެ ވަނަ ރެއެއްގެ ތަޖުރިބާއާ މިރޭ ރައްޔިތުންނަށް ކުރިމަތިވާނެ އެވެ.އިއްޔެ އިރުއޮއްސެން ކައިރިވުމުން އެންމެން އަވަސްވެގަތީ އުއްބައްތި ހޯދާށެވެ. އެކަމަކު އެވެސް އެކަށީގެންވާ ވަރަށް ލިބޭކަށް ނެތެވެ. އެހެންކަމުން ރަށުގެ ގިނަ މީހުން ނިދީ ކަނު އަނދިރީގަ އެވެ.ތިނަދޫގެ ވިޔަފާރިތައް ފަޅުވެފައިއެންމެ ބޮޑު ގެއްލުމެއް ކުރިމަތިވީ ވިޔަފާރިވެރިންނަށެވެ. ކަރަންޓް ނެތުމުން ގިނަ ފިހާރަތައް ރޭ ވަނީ ބަންދުކޮށްފަ އެވެ. ނަމަވެސް ބައެއް ފިހާރަތަކުގައި ފުޅި ބައްތި އާއި އުއްބައްތި ދިއްލައިގެން ހުޅުވި އެވެ."ވަރަށް ވިޔަފާރި ދަށް ދުވަހެއް އިއްޔެ އާއި ރެއަކީ. އެވްރެޖްކޮށް 10،000ރ. ކުރިން ލިބުނު ނަމަވެސް ރޭ ލިބުނީ 2،000 އެއްހާ ރުފިޔާ. ވިޔަފާރި އެހާ ދަށްވި އެންމެ ބޮޑު ސަބަބަކީ ކަރަންޓް ނެތުމުގެ އިތުރުން ބޯކޮށް ވާރޭ ވެސް ވެހުމާ ގުޅިގެން،" މި ރަށު ގުޑްފެއިތު ފިހާރައިން ވާހަކަދެއްކި މީހަކު ބުންޏެވެ.އިންޖީނުގެ އަނދައި ހުލިވުމުން ތިނަދޫ ފިހާރައެއްގައި ރޭ ފުޅި ބައްތިއެއް ދިއްލާފައި ހަވީރު ފޮޓޯ: ނިޝާން އަލީ އިންޖީނުގެ އަނދައި ހުލިވުމުން މި ރަށުގެ ފިހާރަތަކުގައި ފިނިކޮށްފައި ހުރި ގިނަ ބާވަތްތައް ވަނީ މި ރަށުގައި ހުންނަ އައިސް ޕްލާންޓްގައި ރައްކާކޮށްފަ އެވެ. އެހެންވެ މިވަގުތު ފިނިކުރި އެއްގަމު މަހާއި އައިސްކްރީމް ފަދަ ބާވަތްތައް ވިއްކުން ވަނީ މެދުކަނޑާލައިފަ އެވެ."ކަރަންޓް ނެތުމަކީ ވަރަށް ބޮޑު ގެއްލުމެއް. މިއިން ދުވަހަކު ވެސް މި ރަށުގެ ވިޔަފާރިތަކަށް ނުލިބޭވަރުގެ ގެއްލުމަކާ މިވަނީ ކުރިމަތިވެފައި. އަޅުގަނޑުމެން ފިހާރަ މިވަގުތު ހުޅުވާފައި ބަހައްޓަނީ އަތޮޅުގެ އެކި ރަށްރަށުން ވެސް މީހުން އަންނާތީ އެ މީހުންނަށް ވެސް ހިދުމަތް ދޭން ޖެހޭތީ،" މި ރަށުގެ ބަނދަރުމަތީގައި ހުންނަ އެސްއެމްޑީ އަލިހަވާ ފިހާރައިން ވާހަކަދެއްކި ފާތުމަތު ޒުހާ ބުންޏެވެ.ތިނަދޫގެ ބައެއް ފިހާރަތަކަށް "ހަވީރު"ގެ ނޫސްވެރިން ދިޔައިރު ވިޔަފާރިވެރިން ތިބީ މާޔޫސްވެފަ އެވެ."ކަރަންޓް ނުލިބި އެންމެ ދުވަހެއް ހޭދަކުރަން ޖެހުމަކީ ވެސް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. މިތަނަކީ މި ރަށުގެ އެތައް ފިހާރައަކަށާއި ރެސްޓޯރަންޓްތަކަށާއި އަތޮޅުގެ އެހެން ރަށްތަކަށް ވެސް ހޯސޭލްކުރާ ތަނެއް. އެކަމަކު ކަރަންޓް ނެތުމުން އެކަން ވެސް ރަނގަޅަކަށް ނުކުރެވޭ،" ޒުހާ ބުންޏެވެ.ތިނަދުއަކީ މުޅި އަތޮޅުގެ ވިޔަފާރީގެ މައި މަރުކަޒެވެ. ކަރަންޓް ނެތުމުން ބީއެމްއެލް ބްރާންޗާއި އިސްލާމިކް ބޭންކުގެ ހިދުމަތްތައް ވެސް ވަނީ މެދުކެނޑިފަ އެވެ. އޭޓީއެމްތަކާއި ޕީއޯއެސްތަކުގެ ހިދުމަތް މެދުކެނޑިފައިވާތީ ވިޔަފާރިކުރަން ވެސް ހުރަސްތަކެއް ކުރިމަތިވެ އެވެ.ތިނަދޫގެ ފިހާރައަކުން މިއަދު ހެނދުނު ބަޔަކު ވިޔަފާރިކުރަނީ: ކަރަންޓް ނެތުމުން ވިޔަފާރި ވަރަށް ދަށް. ހަވީރު ފޮޓޯ: ނިޝާން އަލީ "ގިނަ މީހުން މިހާރު ކޭޝް ކާޑު ބޭނުންކުރާތީ ކަރަންޓް ނެތުމުން ވިޔަފާރިއެއް ނުކުރެވޭ. އަދި ބޭންކުތަކުގައި ކަރަންޓް ނެތުމުން ގިނަ މީހުންނަށް ފައިސާ ނެގޭނެ ގޮތެއް ވެސް ނެތް،" ފިހާރައެއްގެ ސޭޓަކު ބުންޏެވެ.ތިނަދޫ އާދައިގެ ހާލަތަކަށް ގެންނަން ދެތިން ދުވަސް ނަގާނެފޮޓޯގެލަރީ: ތިނަދޫ އިންޖީނުގޭގައި ރޯވެ ކަރަންޓުކެނޑުން26 ފޮޓޯތިނަދޫން ކަރަންޓް ކެނޑުމާ ގުޅިގެން އަލުން ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތަށް ކްރައިސިސް މެނޭޖްމަންޓް ކޮމިޓީއެއް ވަނީ އުފައްދައިފަ އެވެ. އެ ކޮމިޓީގައި ހިމެނެނީ ފުލުހުންނާއި ސިފައިންނާއި ރަށުގެ ކައުންސިލަރުންނާއި ހޮސްޕިޓަލާއި ހިދުމަތް ދޭ ކުންފުނިތަކުގެ ވެރިންނެވެ.އެ ކޮމިޓީން ދަނީ މި ރަށަށް އަލުން ކަރަންޓް ލިބެންދެން ރަށުގެ ރައްޔިތުންނަށް ދަތިވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި އެކަމަށް ވެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދީ އަދި އެހީގެ ގޮތުގައި ލިބޭ ތަކެތި އާއްމުންނާ ހަމަޔަށް ގެނެސްދޭން މަސައްކަތްކުރަމުންނެވެ.މި ރަށަށް ކަރަންޓްގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ބުނީ ރަށަށް އަލުން ކަރަންޓްގެ ހިދުމަތް ދެވޭވަރު ވާނީ އަންނަ ހުކުރު ދުވަހު ނުވަތަ ހޮނިހިރު ދުވަހު ކަމަށެވެ. އޭގެ ކުރިން ވެސް އެންމެ މުހިންމު ތަންތަނަށް ވަގުތީ ގޮތުން ކަރަންޓް ފޯރުކޮށްދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.ދިރާގުން ތިނަދުއަށް ގެނައި އިންޖީނު ބޭލުމުގެ މަސައްކަތް މިއަދު ކުރަނީ. ހަވީރު ފޮޓޯ: ނިޝާން އަލީ ތިނަދޫގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ ރަށަށް އަލުން ހައި ޕްރެޝަރުގައި ފެން ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ."މިހާރު ވެސް ގްރެވިޓީ ފޯސްގައި ލިބެމުންދާނެ. އެހެން ނަމަވެސް ހައި ޕްރެޝަރުގައި ލިބެން ފަށާނީ މިއަދު،" އެ އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ