ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ހައްޔަރުކުރި މައްސަލަ އާއި ހޯމަ ދުވަހުގެ ޖަލްސާ އަށް ހާޒިރުކޮށްފައި ނުވާތީ މަޖިލީޙުގެ ގަވައިދުގެ 145 ވަނަ މާއްދާގެ ދަށުން ކިނބިދޫ ދައިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި މައްސަލަ ރިޔާސަތުން ބޭރުކޮށްލައިފި އެވެ.
މެންބަރު ރިޔާޒް ހުށަހަޅުއްވާފައިވާ، ކުއްލި މައްސަލައިގައި ބުނެފައި ވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިމަހުގެ ހަވަނަ ދުވަހު ހައްޔަރުކޮށްފައިވާ ހިނދު، އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.
އެގޮތުން ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފަށް އެއްވެސް މީހަކު ހިފާ ހައްޔަރުކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވައިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ގާސިމް ހައްޔަރުކޮށްފައިވާ ކަން ވެސް ރިޔާޒް ހުށަހެޅި މައްސަލައިގައި ވަނީ ފާހަގަކޮށްފަ އެވެ.
ގާސިމް ހައްޔަރު ކުރީްއސުރެ އެމަނިކުފާނުގެ މިނިވަންކަން ގެއްލިފައިވާ ކަމަށާއި މިކަމުގެ ސަބަބުން މަޖިލީހުގެ މެންބަރުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް މިކަން ސަރުކާރުގެ ސަމަލުކަން ގެނައުމަށް މައްސަލަ ހުށަހަޅާ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.
Majlihuge 145 maahdhaage dhashun hushahelhi kulli massalaves balai nugaiy! pic.twitter.com/NSuGkmQEsW
އެހެން ނަމަވެސް މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ ރިޔާޒް އެ މައްސަލަ ހުށަހަޅާފައި ވަނީ މަޖިލީހުގެ ގަވައިދުގައި ފުރިހަމަ ކުރަންޖެހޭ އުސޫލުތައް ފުރިހަމަނުކޮށް ކަމަށެވެ. އަދި އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް މަސީހު ވަނީ ވިދާޅުވެފަ އެވެ.
Fuluhunge belumuge dhashugaihunna MPakee hukumeh neiymeehehnama majlihuge jalsaathakah haaziru kohdhenvaane! Meegekurinves kankuree egothah!
ރައްޔިތުންގެ މަޖިލިހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ބަޔާންކޮށްފައިވާ ގޮތުން، ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލިހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރުން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކުންނެވެ. އެފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ހިނދެއްގައި ކަމަށް މި މާއްދާގައި ބަޔާންކޮށްފައި ވެއެވެ.
ގާސިމް ޖަލްސާ އަށް ނުގެންނަ މައްސަލަ އާއި ހައްޔަރުކުރުމާ ގުޅިގެން މަޖިލީހަށް ހުށަހެޅި މައްސަލަ ރިޔާސަތުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ