ގައިންގައަށް ނަރާބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުވަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ: އިރްތިޝާމް

ރާއްޖޭގައި މީހުން މަރުވާ ބަލިތަކަށް ބަލާއިރު 80 އިންސައްތަ މީހުން މަރުވަނީ ގައިން ގައަށް ނާރާ ބަލިތަކުގައި ކަމަށްވާތީ އެކަމަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ހެލްތް މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
އިރްތިޝާމް މިމޭރުމުން ވިދާޅުވީ މީޑިއާތަކުން ޞިއްޙަތާއިބެހޭ މައުލޫމާތު ފަތުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ދަސްކޮށްދިނުމަށް މިއަދު ބަނޑޮސް އައިލަންޑް ރިޒޯޓުގައި ކުރިއަށް ގެންދިއަ މަސައްކަތު ބައްދަލުވުމުގައެވެ.
އިރްތިޝާމް އާދަމް ވިދާޅުވީ ޞިއްހަތާއި ބެހޭ ރަސްމީ އިދާރާތަކުންނާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ ފަދަ އިދާރާތަކުން ފޯރުކޮށްދޭ މައުލޫމާތަކީ ވަރަށް ތެދު، ޞައްޙަ މައުލޫމާތު ކަމަށްވާންޖެހޭނެ ކަމަށެވެ. ހަމައެފަދައިން ޞިއްޙީ އިދާރާތަކުން ހާމަކުރާ މައުލޫމާތު ވީހައި ފުރިހަމައަކަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މީޑިއާތަކުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިބައްދަލުވުމުގައި ރާއްޖޭގައި ހުންނަވާ ޑަބްލިޔޫއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު މާތޫރު ވިދާޅުވީ ޞިއްހަތާއިބެހޭ މެސެޖުތަކަކީ ބައެއް ފަހަރު އިންސާނުންގެ ފުރާނަ ސަލާމަތް ކުރުމަށް ދެވޭ މެސެޖުތަކަކަށްވާއިރު މެސެޖުތައް އެންމެ ފުރިހަމައަށް ދިނުމަކީ މީޑިއާތަކުގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.
ޑރ. އަރްވިންދު ވިދާޅުވީ ނުރައްކާތެރި ބަލިތައް ފަދައިން ޢާންމު ބަލިތަކުގެ މައުލޫމާތު ވެސް ފަތުރަންޖެހޭނީ ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކަަމަށެވެ. ހަމައެއާއިއެކު ތަފާތު ބަލިތަކާއިމެދު ޢާންމު ރައްޔިތުންނަށް މައުލޫމާތު ދިނުން އިތުރުކުރަންޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ