ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން ހޮވާލެވިފައިވާ 103 ސްކޫލެއްގެ 6407 ދަރިވަރުންނަށް ނެޝަނަލް އެސެސްމަންޓް މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ފެށުނު ނެޝަނަލް އެސެސްމެންޓަކީ ގްރޭޑް ހަތަރެއް އަދި ހަތެއްގެ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގެ ގޮތުން، ދިވެހި ބަސް، އިނގިރޭސި ބަސް އަދި ހިސާބު މި ތިން މާއްދާގެ އެސެސްމަންޓް ކަމަށެވެ.
މިނިސްޓްރީން ބުނީ މި އެސެސްމަންޓުގެ ބޭނުމަކީ ގްރޭޑް ތިނެއް އަދި ހައެއް ނިންމާ ދަރިވަރުންނަށް، އެސެސްމަންޓުގައި ހިމެނޭ މާއްދާތަކުގެ މުގައްރަރުން ހާސިލުވާންޖެހޭ މިންވަރު ހާސިލުވެފައި ވޭތޯ ދެނެގަތުމާއެކު، ޕްރައިމަރީ މަރުޙަލާގައި، އެދަރިވަރުން ހަސިލްކުރާ ނަތީޖާތަކަށް އަސަރުކުރާ ސަބަބުތައް ދެނެގަތުމަށްޓަކައި ދަރިވަރުންނާއި، މުދައްރިސުންގެ ފަރާތުން މައުލޫމާތު އެއްކުރުމަށ ްކަމަށެވެ.
މީގެއިތުރުން މި މައުލޫމާތުގެ އަލީގައި ތައުލީމީ ގޮތުން ދަރިވަރުންނަށް ހާސިލުވާ މިންވަރު ގައުމީ ފެންވަރުގައި ދެނެގަނެވޭނެ ކަމަށާއި އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ސިޔާސަތުތައް ބައްޓަން ކުރުމަށާއި އުނގެނުމާއި އުނގަންނައިދިނުން އިތުރަށް ހަރުދަނާކުރުމަށް ކުރަންވީ ބައެއް ކަންކަން ފާހަގަކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުގެ ފަރާތުން 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ވެސް ގްރޭޑް ހަތަރެއް އަދި ހަތެއްގެ ދަރިވަރުންނަށް މި އެސެސްމަންޓް ވަނީ ހިންގައި، އޭގެ ނަތީޖާ ވަނީ އާއްމު ކޮއްފަ އެވެ. މިއަދު މިފެށުނު އެސެސްމަންޓް، މި މަހުގެ ހަތަރުވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.
103 ސުކޫލެއްގައި ނެޝަނަލް އެސެސްމަންޓް މިއަދު ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ