މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ކޯލިޝަނުން ނެރެން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ކޮބައިތޯ ބެލުމަށް ރާއްޖެ ޓީވީން ކުރިއަށް ގެންދާ ވޯޓުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.
ރާއްޖެ ޓީވީން ޓްވިޓާ މެދުވެރިކޮށް އިއްޔެ ކުރިއަށް ގެންދަން ފެށި މި ޕޯލްގައި ސުވާލެއްގެ ގޮތުގައި އަހާފައިވަނީ "ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި އެންމެ އެކަށީގެންވަނީ ކޮން ބޭފުޅެއް" މިސުވާލެވެ.
ވޯޓް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ވޯޓް ލާން ޖެހެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކަށެވެ.
މިޕޯލަށް ވޯޓްލާ މީހުންގެ 48 ޕަސަންޓް ހޯއްދަވައިގެން ޕޯލްގެ ކުރީގައި މިވަގުތު އުޅުއްވަނީ ގާސިމް އިބްރާހީމް އެވެ. ރައީސް ނަޝީދު 44 ޕަސަންޓް ހޯއްދަވައިގެން ދެވަނައިގައި މިވަގުތު އުޅުއްވާއިރު ތިންވަނައިގައި އުޅުއްވަނީ ރައީސް މައުމޫން އެވެ. އެމަނިކުފާނު ފަސް ޕަސަންޓް ހޯއްދަވާފައިވާއިރު ހަތަރު ޕަސަންޓް ހޯއްދަވައިގެން ޕޯލްގެ ހަތަރުވަނައިގައި މިވަގުތު އުޅުއްވަނީ ޝައިހް އިމްރާން އެވެ.
ޕޯލް ނިމެންް ހަތަރު ގަޑިއިރަށް ކައިރިވެފައިވާއިރު މިޕޯލަށް މިހާތަނަށް 3424 މީހުން ވޯޓް ދީފައިވެ އެވެެ.
ރާއްޖެ ޓީވީގެ ޕޯލުން ކުރި ހޯދުމަށް ރައީސް ނަޝީދާއި ގާސިމްގެ އިބްރާހީމްގެ ސަޕޯޓަރުން ގެންދަނީ ސޯޝަލް މީޑިއާގައި ކެމްޕޭން ވެސް ކުރަމުންނެވެ.
އިދިކޮޅު އެންމެ ރަނގަޅު ކެންޑިޑޭޓް ބެލުމަށް ރާއްޖެ ޓީވީން ނަގަމުންދާ ޕޯލްގެ ކުރީގައި ގާސިމް އިބްރާހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ