ސަރުކާރުން ރިސޯޓްތަކަށް ލުއި ދޭއިރު ދިވެހި މުވައްޒަފުންނަށް ރަނގަޅު ގޮތް ވާން ޖެހޭ: މެމްބަރު ސައުދު

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ރިސޯޓްތަކަށް ލުއިތަކެއް ދޭއިރު ރިސޯޓް ވަޒީފާތަކުން ވަކިކޮށްފައިވާ މުވައްޒަފުންނާއި ނޯޕޭއަށް ފޮނުވާލާފައިވާ މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއް ވާން ޖެހޭ ކަމަށް ވިލިނގިލީ ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ވަނީ ކޮވިޑް-19 އަށް ފަހު، ރާއްޖޭގެ ޓޫރިޒަމް އަލުން ފަށާ އިރު، ރިސޯޓުތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން މި އަހަރުގެ ފަހު ހަ މަސް ދުވަހު ބިމު ކުލި ދައްކަން ޖެހޭ މުއްދަތު ފަސްކޮށްދޭން ނިންމައިފަ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލި ގައިޑްލައިނުގައި ހިމަނާފައިވާ ފީތައް ނުނަނަގަން ވެސް ނިންމި އެވެ.
ފީތައް ނުނަގަން ޓޫރިޒަމް މިނިސްޓްރީން ނިންމި ހަބަރު ޓްވީޓް ކުރައްވައި ސައުދު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓުރީއަށް ލުއި ގޮތްތަށް ފަހިކޮށް ދިނުން މުހިންމު ކަމަށެވެ. އެކަމަކު ސަރުކާރުން އެކަން ކޮށްދޭއިރު ރިސޯޓްތަކުން ދިވެހި މުވައްޒަފުންނަށް ރަނގަޅު ގޮތް ހަދައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުލަތުން މިފަދަ ލުއިތަކެއް ދޭއިރު ކޮވިޑް-19 އާ ގުޅިގެން ރިސޯޓްތަކުގެ ވަޒީފާތަކުން ވަކިކޮށް އަދި ނޯޕޭއަށް ފޮނުވާފައިވާ ދިވެހި މުވައްޒަފުންގެ ވަޒީފާތައް އިޔާދަކޮށް ބިދޭސީ މުވައްޒަފުން މަދުކުރަން ޖެހޭނެ،" ސައުދު ވިދާޅުވި އެވެ.
ޓޫރިޒަމް އިމްޑަސްޓުރީއަށް ލުއިގޮތްތަށް ފަހިކޮއްދެވުމަކި މުހިއްމު ކަމެއް! އަދި ދައުލަތުން މިފަދަ ލުއިތަކެއްދޭއިރު ކޮވިޑް19 އާއި ގުޅިގެން ރިސޯޓްތަކުގެ ވަޒީފާތަކުން ވަކިކޮށް އަދި ނޯޕޭއަށް ފޮނުވާފައިވާ ދިވެހި މުވައްޒފުންގެ ވަޒީފާތަށް އިޔާދަކޮށް ބިދޭސީ މުވައްޒަފުން މަދުކުރަންޖެހޭނެ https://t.co/Dc6qAiOHbu— Saud Hussain MP (@SaudVillingili) May 22, 2020
މެމްބަރު ސައުދު ކުރެއްވި ޓްވީޓް--ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް މި އޮތީ ހުއްޓިފަ އެވެ. ހަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ރިސޯޓްތަކަކުން ވަނީ އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފަ އެވެ. އަނެއް ބައި ރިސޯޓުތަކުން މުވައްޒަފުން ރަށަށް ފޮނުވާލީ ނޯޕޭ ލީވްގަ އެވެ. އޭގެ ސަބަބުން ދިވެހި އެތައް އާއިލާއެއްގެ އާމްދަނީއަށް ވަނީ އަސަރުކޮށްފަ އެވެ.
Resort thakuge kuli 6 mahah fas kohdheyn nimmaifi
Mihaaru
ރިސޯޓްތަކުގެ ކުލި 6 މަހަށް ފަސްކޮށް ދޭން ނިންމުންޓޫރިސްޓުން އަލުން ގެނައުމުގައި އަލަމުކުރާނެ ގޮތްތައް ބަޔާންކޮށް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ގައިޑްލައިންގައިވާ ގޮތުން ހާއްސަ ހުއްދައިގެ ދަށުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓްތަކާއި ޗާޓާޑް ފްލައިޓްތައް ޖެއްސުމުގެ ފީއެއްގެ ގޮތުން 50،000 ޑޮލަރު ނަގާނެ އެވެ. އަދި ޓޫރިސްޓުންގެ އަތުން ހާއްސަ ވިސާ ފީއެއްގެ ގޮތުގައި 100 ޑޮލަރު އަދި ކޮވިޑަށް ޓެސްޓް ކުރުމަށް ކޮންމެ މީހަކަށް 100 ޑޮލަރު ނަގަން ވެސް އެ ގައިޑްލައިންގައި ހިމެނި އެވެ.
އެކަމަކު ޓޫރިޒަމް އިންޑަސްޓްރީގެ މީހުންނާ މަޝްވަރާކޮށް، ސަރުކާރުން މިހާރު ނިންމާފައި ވަނީ އެ ފީތައް ނުނަގާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ