އެހެން މީހުން ތިބާ އާއިމެދު ކަންތައްތައް ކުރާ ގޮތަށް ތިބާ ނުބަލާށެވެ! އެއީ ތިބާގެ ބާރުގެދަށުގައިވާ ކަންކަމެއް ނޫނެވެ. ތިމާގެ ބާރުގެދަސުގައިވަނީ ތިބާ ޢަމަލުކުރާ ގޮތެވެ!
ވީމާ ކޮންމެ މީހަކަށްވެސް ހެޔޮކޮށް ހިތާށެވެ! އެހީތެރިވާށެވެ! ހިނިތުންވާށެވެ! ހެޔޮ ނަޞޭބޭޙަތްދޭށެވެ! ހިނިތުންވުމާއި ނަބޭޙަތް ދިނުމަކީ ކުޑަކަމެއްކަމަށް ހީކޮށް ނުކޮށް ދޫކޮށްނުލާށެވެ!
މީސްތަކުންގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައް ދަސްކުރާށެވެ! އެ ސިފަތައް ތިމާގެ ގައިގައިވެސް ހަރުލައްވާށެވެ!
ދެމީހުންގެ ޚިޔާލު ކިތަންމެ ވަރަކަށް ތަފާތުވި ނަމަވެސް އެއީ މައްސަލައަކަށް ނުހަދާށެވެ! ދެމީހުންނަށް އެއްބަސްވެވޭ މިންވަރު ދެމީހުންވެސް ޤަބޫލުކޮށް އެކަކު އަނެކަކަށް އިޙްތިރާމްކުރާށެވެ!
ޞުލްޙަވެރިކަމާއި އަމާންކަން ފަތުރަން މަސައްކަތްކުރާށެވެ! މީސްތަކުން އެކަކު އަނެކަކާއި ގުޅުން އުފައްދައި އަނެކާއާއި ހަމައަށް ވާޞިލުވުމަށް މަސައްކަތްކުރާށެވެ! އެއްވެސް މީހަކަށް ނަފްރަތުނުކުރާށެވެ! އެއްވެސް މީހަކީ ތިމާއަށްވުރެ ދެރަ، ނިކަމެތި މީހަކު ކަމަށް ހީނުކުރާށެވެ!
ޢުމުރަކީ ކުރު އެއްޗެކެވެ! ކޮންމެ ވަގުތަކުވެސް މަރުވެދާނެއެވެ! މަރުވެއްޖެނަމަ ވަޅުލެޭނީ ދިރިތިބި އެންމެންނަށްވުރެ އަޑީގައެވެ!
- މުފްތީ މެންކް
އެއްވެސް މީހަކީ ދެރަ މީހެއްކަމަށް ހީނުކުރާށެވެ! މަރުވުމުން ވަޅުލެވޭނީ ދިރިތިބި އެންމެންނަށްވުރެ އަޑީގައެވެ!: މުފްތީ މެންކް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ