ވިސާމު ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އިއްވި އަމުރު ހައިކޯޓުން ބާޠިލުކޮށްފި

ރާއްޖެ އެތެރެކުރި 61 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި މއ. ބޮއިލިންގްފިޝް، އަހުމަދު ވިސާމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން މިއަދު ބާތިލުކޮށްފި އެވެ."އިރުއަލިމަސް" ނަމަކަށް ކިޔާ ދޯންޏެއްގައި ބަރުދަނުގައި ގާތްގަނޑަކަށް 61 ކިލޯ ހުރި މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށްހުރި މއ. ބޮއިލިންގފިޝް، އަޙްމަދު ވިސާމް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުކުރީ މިިދިޔަމަހުގެ 24 ވަނަ ދުވަހުއެވެ. އެ ނިންމުން ހައިކޯޓްގައި އިސްތިއުނާފްކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން ވަނީ ވިސާމް ދޫކޮށްލުމަށް ނެރުނު އަމުރު ބާތިލުކޮށްފައެވެ. ވިސާމު ބަންދުން ވީއްލުމަށް ކުރިމިނަލް ކޯޓުން ނިންމާފައިވަނީ ފާއިތުވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގައެވެ. ކުރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުގެ ފަރާތުންވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.ވިސާމް ދޫކޮށްލީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ނެރެފައިވާ އަމުރު ރިވިއުކުރަން ގެންދިއުމުންނެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ނެރުއްވި އަމުރުގައި ވަނީ ކަރެކްޝަނަލް ސާވިސްގެ ފަރާތުން އޭނާއަށް އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާ ދީފައިނުވާ ކަމަށެވެ.މި މައްސަލާގައި ވިސާމުގެ މައްޗަށް ޑައިމޮފީން ޓްރެފިކުކުރަން އުޅުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު، އެ މައްސަލާގައި އޭނާއާއެކު އިތުރު 11 މީހުން ހައްޔަރުކުރިއެވެ. ވިސާމު މިނިވަންކުރިއިރު ބާކީ ތިބި 11 މީހުން ތިބީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ. ފުލުހުންނާއި ޕީޖީން ތުހުމަތުކުރާ ގޮތުގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު ވިއުގައިގެ އެންމެ އިސްވެރިޔަކީ ވިސާމެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުރިންވެސް މަސްތުވާތަކެތީގެ ބައެއް މައްސަލަތަކުގައި ވިސާމު ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާވެސް އުފުލާފައިވެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް މައްސަލައެއް އޭނާގެ މައްޗަށް ސާބިތުކުރެވިފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ