ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދުގެ ބަންދަށް ތިންދުވަސް

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލްގެ ބަންދަށް ތިން ދުވަސް، ކްރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ.
ކުރީގެ މެންބަރު މުޙައްމަދު ހައްޔަރުކުރީ އިއްޔެ ވެރިރަށް މާލޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ނެވެ.
މުޙައްމަދުގެ ބަންދަށް ތިން ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިކަމަށް އިދިކޮޅު ކޯލިޝަންގެ މައިޕާޓީ ޕީޕީއެމްގެ ކައުންސިލް މެންބަރަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިއްޔެ ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔައީ މުޙައްމަދު އެކަނި ކަމަށެެވެ.
އިދިކޮޅުން މާލޭ ސިޓީގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާއިރު، ކޯވިޑްގެ ތިންވަނަ ރާޅާއެކު މާލޭ ސަރަޙައްދުގެ ފިޔަވަޅުތައް ވަނީ ބޮޑުތަނުން ވަރުގަދަ ކޮށްފަ އެވެ.
މިގޮތުން ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަޅާ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އިތުރު ދެ ހަފްތާއަށް ރޭވަނީ އިތުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ