ބަނގުރާފުޅިއަކާއެކު ހައްޔަރު ކުރި ފުލުސް މީހާ ކޯޓުން ދޫކޮށްލައިފި
ބަނގުރާފުޅިއަކާއެކު ރޭ މާލެއިން ހައްޔަރު ކުރި ފުލުސް މީހާ ކޯޓުން ދޫކޮށްލަފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން"އަށް ވިދާޅުވީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އޭނާގެ ބަންދުގެ މުއްދަތު ނުޖަހައި، ދޫކޮށްލާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އޭނާ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓުން ރޭ ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ