ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) މެމްބަރު ކަމަށް ކުރިމަތިލާން ރައީސް އޮފީހުން ހުޅުވާލައިފި އެވެ. ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެޗްއާރްސީއެމްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވައިލުމުން އެކަމަށް އެދިލެއްވި ފަރާތްތަކަށް، ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިނުވާތީ، އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެ އިއުލާނުގައިވާ ގޮތުން، އެޗްއާރްސީއެމްްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، 2021 އެޕްރީލް 11 އަދި 12 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު ފަހު 12:30 އަށް، ރައީސް އޮފީހުންނެވެ. ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ. މިިދިޔަ އަހަރު ސެމްޓެމްބަރު 12އަށް އެޗްއާރުސީއެމްގެ މެމްބަރެއްގެ ދައުރު ހަމަވާތީވެ، އެ މަގާމަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. ކޮމަންޑޫ، އޭރީޒް، އައިޝަތު ލީޒާގެ ނަން މަޖިލީހަށް ފޮނުވީ، މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް އޭނާ އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް މަޖިލީހުގެ ކޮމިޓީއިން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ