ވެންޓިލޭޓަރު މައްސަލައިގެ ފައިސާ ހޯދުނަސް ގާނޫނާ ހިލާފަށް ކަން ނުކުރާކަމަށް ނުވާނެ: އުޝާމް

ވެންޓިލޭޓަރު މައްސަލައިގައި ފައިސާ ހޯދި ނަމަވެސް ޤާނޫނާ ހިލާފަށް ކަންކަން ނުކުރާކަމަށް ނުވާނެ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިފަދައިން ވިދާޅުވެ ޓްވީޓް ކުރައްވާފައިވަނީ ވެންޓިލޭޓަރު މައްސަލައިގައި ދުބާއީގެ އެކްޒެކިއުޓާޒް ކުންފުންޏަށް ދައްކާފައިވާ ފައިސާ ހޯދުމަށް ދިވެހި ސަރުކާރުން އާބިޓްރޭޝަނަށް ދާން ނިންމާފައިވާކަން ހާމަކުރުމުން ކޮށްފައިވާ ޓްވީޓެއްގައެެވެ.
އެގޮތުން އުޝާމް ވިދާޅުވެފައިވަނީ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިގެން ފައިސާ ހޯދުމަށް އިތުރަށް ބައިވަރު ހަރަދުކުރަންޖެހޭނެކަމަށެވެ.
ވެންޓިލޭޓަރު ފައިސާ ލިބުނުނަމަވެސް، ވެންޓިލޭޓަރުތައް ހޯދުމުގައި ރާވައިގެން ގާނޫނާ ހިލާފް ކަންތައްތަކެއް ނުކުރާ ކަމަކަށް ނުވާނެކަން ފާހަގަކޮށް އުޝާމްގެ ޓްވީޓްގައި ބުނެފައިވަނީ އެކަންތައް ބަލައި އެބަޔަކަށް ފިޔަވަޅުވެސް އަޅަންޖެހޭނެ ކަމަށެވެ.
މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިގެން މިފައިސާ ހޯދުމަށް އިތުރަށް ބައިވަރު ހަރަދުކުރަންޖެހޭނެ. ވެންޓިލޭޓަރު ފައިސާ ލިބުނުނަމަވެސް، ވެންޓިލޭޓަރުތައް ހޯދުމުގައި ރާވައިގެން ގާނޫނާ ހިލާފް ކަންތައްތަކެއް ނުކުރާ ކަމަކަށް ނުވާނެ. އެކަންތައް ބަލައި އެބަޔަކަށް ފިޔަވަޅުވެސް އަޅަންޖެހޭނެ. https://t.co/QLFATjWmBW
— Ahmed Usham (@a_usham) April 4, 2021
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްގެން މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ