މެމްބަރު އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފި އެވެ.ފުލުހުން ވަނީ ގެވެށި އަނިޔާގެ މައްސަލައެއް ރޭ ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގުގައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ. އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި އީސަގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަޒްރާ ނަސީމަށް އަނިޔާކުރި މައްސަލައެކެވެ. އެ ކައިވެންޏަށް ކުއްޖަކުވެސް ލިބިފައިވާއިރު، އީސައާއި އަޒްރާ ދިރިއުޅެމުންދަނީ އެއް ގެއެއްގައެވެ.ޖަޒީރާއަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށައެޅީ އީސަ ދިރިއުޅުއްވާ ގޭގެ އެހެން އެޕާޓްމެންޓެއްގައި އުޅޭ އަވަށްޓެރިއެކެވެ. އެނގިފައިވާ ގޮތުގައި ހާދިސާ ހިނގިތާ މާގިނައިރުތަކެއް ނުވެ އެ ގެއަށް ފުލުހުން ވެސް އައިސްފައިވެއެވެ.މައްސަލައާ ގުޅިގެން ސުވާލުކުރުމުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ތަހުގީގުގައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ތުހުމަތުވާ މީހެއްގެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ