އިންޖީނަކަށް މައްސަލަޖެހި އޭދަފުށިން ކަރަންޓު ކަނޑަނީ

ބ. އޭދަފުށީ އިންޖީނުގޭ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ
ގުޅިގެން، އެކި ސަރަހައްދު ތަކުން ކަރަންޓު ކަނޑަން ފަށައިފިއެވެ.
އޭދަފުށީ އިންޖީނުގެއިން ބުނީ، މިރަށަށް ކަރަންޓް
ފޯރުކޮށްދެމުންދާ އިންޖީނުގެ ތެރެއިން 600 ކިލޯ ވޯޓްގެ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް
މައްސަލައަކާއި ގުޅިގެން ރޭ ދަނަވަރުން ފެށިގެން އެކި ގަޑިތަކުގައި ކަރަންޓް
ނުހިފޭއްޓޭތީވެ، ރަށުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑަމުންދާނެ ކަމަށެވެ.
އޭދަފުއްޓަށް ކަރަންޓް ދޭން ބޭނުން ކުރާ އިންޖީނުތަކަށް މައްސަލަ ޖެހިގެން
ކަރަންޓް ކަނޑަން ޖެހުމަކި ހޫނުގަދަ ދުވަސްވަރު އާންމު ކަމެކެވެ. މިކަމާ ގުޅިގެން
އާންމުންނަށް އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.
އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް
ކުރަމުން ގެންދާ ކަމަށް ފެނަކައިން އަބަދުވެސް ބުނެއެވެ. އެހެން ނަމަވެސް
ދޭތެރެއަކުން އިންޖީނުތަކަށް މައްސަލަ ޖެހި ކަރަންޓު ކަނޑަން ޖެހުމުގެ
މައްސަލައަށް މިހާތަނަށް އެކަށީގެންވާ ހައްލެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ