ގާނޫނު އަސާސީން ސުޕްރީމް ކޯޓު ތިބެންޖެހޭ ސައިޒު ކަމަށް ބަޔާންކުރާ "ސައިޒަށް" ސުޕްރީމް ކޯޓު ތިރިވާންޖެހޭނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މީކާއިލް ވިދާޅުވީ ޖޭއެސްސީ އަކީ ފަނޑިޔާރުގެ އަށް ފާރަވެރިވާން އުފައްދާފައި އޮތް މިނިވަން މުސްތަގިއްލު މުއައްސަސާއެއް ކަމަށާއި އެހެން ނަމަވެސް އެ މުއައްސަސާ އިން ފާރަވެރިވާން އޮންނަ ފަރާތުން، އެ މުއައްސަސާއާ މެދު ފިޔަވަޅު އެޅުމުން އެ މުއައްސަސާގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމަށެވެ.
މީކާއިލް މިހެން ވިދާޅުވެފައިވަނީ ޝަރުޢީ ނިޒާމްގެ މައްސަލަތައް ހޫނުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ފަސްކުރުމަށް އެ ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ވެސް އަދި ދައުލަތުގެ މުއައްސަސާއަކުން ވެސް ނިންމާ އެންމެހާ ނިންމުމެއް ބާތިލް ވާނެކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
ޖޭއެސްސީ ޖަވާބުދާރީކުރުވަން ވަކި ފަރާތެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެކަން ކުރުމަށް ހަވާލުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހާއި ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންސާފުގެ މަގަށް ފެށި ދަތުރު އެއްވެސް ބިރަކާއި ނުލައި މަޖިލީހުން ކުރަމުންދާތީ އެކަމާ ވަރަށް އުފާކުރާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީ އިން މިމަހުގެ 12 ވަނަ ދުވަހު ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ރައްޔިތުުންގެ މަޖިލީހުން ކަނޑައެޅުމަށް އެދި މަޖިލީހުގެ ތަޅުމަށް މިއަދު ޖުޑީޝަލް ކޮމެޓީން ވަނީ ރިޕޯޓެއް ހުށަހަޅާފައެވެ.
މަޖިލީހަށް މިފަދަ ރިޕޯޓެއް ހުށަހެޅިއިރު ސްޕްރީމް ކޯޓުގެ އަމުރަށް ތަބާ ނުވުމަށް ޖޭއެސްސީ އިން ނިންމާ، އެނިންމުމާއި ގުޅިގެން މުއައްސަސާތަކުން އަޅާ ކޮންމެ ފިޔަވަޅެއް ބާތިލްވާނެ ކަމަށް ސްޕްރީމް ކޯޓުން އިއްޔެ ނެރުނު ކޯޓު އަމުރެއްގައި ވެސް ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓު ސައިޒަށް ތިރިވާން ޖެހޭ - މީކާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ