އެފްއައިޔޫއިން މައުލޫމާތު ލީކްކުރިކަމުގެ ތުހުމަތު އަޝްރަފްއަށް

މޯލްޑިވިއަން މަނިޓަރ އޮތޯރިޓީ( އެމްއެމްއޭ) ގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް (އެފްއައިޔޫ) ގެ ޑޭޓާބޭސްގެ މައުލޫމާތު އެޔުނިޓްގެ ކުރީގެ ހެޑް އަބްދުﷲ އަޝްރަފް ލީކްކުރިކަމުގެ ތުހުމަތު ގަވަނަރ އަހުމަދު ނަސީރު ކުރައްވައިފި އެވެ.
ނަސީރު މިފަދަ ތުހުމަތުތަކެއް އަޝްރަފަށް ކުރެއްވީ ނަސީރާ ގުލޭގޮތުން އަޝްރަފް މަޖިލީހަށް ފޮނުއްވި ސިޓީއަކާއި ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް މިއަދު ހާޒިރު ކުރެއްވުމުން އެކޮމެޓީއަށް މައުލޫމާތު ދެއްވަމުންނެވެ.
މިމައްސަލާގައި އަޝްރަފްއާއި ނަސީރުވެސް މިއަދުވަނީ ވަކިބަކިން ކޮމެޓީއަށް ހާޒިރު ކޮށްފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާގުޅޭ ޝައްކުކުރެވޭ ފައިސާގެ މުއާމަލާތްތަކެއް އެފްއައިޔޫ އިން ފުލުހުންނަށް ހުށައެޅުމުން ވަޓްސްއެޕް ގުޅާ އެކަން ހުއްޓުވުމަށް މަސައްކަތް ކުރިކަމަށާއި ވަކިވަކި މައްސަލަތައް ބަލަން ގަވަރުނަރު އިރުޝާދު ދެއްވިކަމަށް އަޝްރަފް މިއަދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކުރިން އެފްއައިޔޫގެ މައުލޫމާތު ލީކުވަމުންދާކަން އެނގުނު ކަމަށާއި އެކަން ހިނގާފައިވަނީ އަޝްރަފް އިސްކޮށް ހުރެގެން ޓެލެގްރާމްގައި ޑެޓާބޭސް ލީކް ކުރަމުން ދިއުމުންކަމަށް މައުލޫމާތު ލިބުނުކަމަށް ނަސީރު މިއަދު ކޮމެޓީގައި ވިދާޅުވިއެވެ.
އަޝްރަފް މަގާމު ބަދަލުކުރި ފަހުންވެސް ހަތަރުމަސް ވަންދެން އެފްއައިޔޫގެ ޑޮކިއުމެންޓްސް އަށް އަޝްރަފް އެކްސެސްވަމުން ގޮސްފައިވާކަމަށްވެސް ނަސީރު ތުހުމަތު ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ