އާފަތިސް ބަދިގެ: ސިނެމަން ރައިސް ޕުޑިންގ

ބޭނުންވާނެ ބާވަތްތައް:
6 މޭޒުމަތީ ސަމުސާ ރެއިޒިން
1 މޭޒުމަތީ ސަމުސާ އާފަލު ޖޫސް (ނުވަތަ ގްރޭޕް ޖޫސް)  
6 މޭޒުމަތީ ސަމުސާ ހަނޑޫ
¼ ސައިސަމުސާ ލޮނު
2 ½ ކްރީމް (1 ¼ ޖޯޑު ކިރު + 1 ¼ ޖޯޑު ކްރީމް)
½ ޖޯޑު ބްރައުން ޝުގަރ
2 ފޮނިތޮށި، 4 އިންޗީގެ
1 ސައިސަމުސާ ވެނީލާ އެސެންސް
ކުކުޅު ބިހެއްެގ ގޮބޮޅި، ގިރާފައި
ފޮނިތޮށި ޕައުޑަރ، ގާނިޝް ކުރުމަށް
ތައްޔާރުކުރާނެ ގޮތް:
ހިކި މޭބިސްކަދުރާއި އާފަލު ޖޫސް އެއްކުރުމަށްފަހު 30 މިނެޓު ވަންދެން ފޯކުރަން ބަހައްޓާށެވެ.
ތެއްޔަކަށް ޖޯޑެއްގެ ހަތަރުބައިކުޅަ ތިންބައި ފެނާއި ހަނޑު އަދި ލޮނު އެއްކުރުމަށްފަހު ހޫނު މިން މެދުމިނުގައި ބަހައްޓައިގެން ކައްކާށެވެ. ކެކެން ފެށުމުން ގިނި މަޑުކޮށް އިތުރު 6 ވަރަކަށް މިނެޓު ކައްކާށެވެ.
2 ޖޯޑު ކްރީމާއި ބްރައުން ޝުގަރ އަދި ފޮނިތޮށި އަޅައިގެން ކައްކާށެެވެ. ހަނޑޫ ރަނގަޅަށް މަޑުވަންދެން މަޑު ގިނީގައި ބަހައްޓާށެވެ. ދެން ބިހުގެ ގޮބޮޅި އެއްކުރުމަށްފަހު މިނެޓެއް ވަރު ކައްކާށެވެ.
އުނދުން މަތިން ބޭލުމަށްފަހު ހިކި މޭބިސްކަދުރާއި ބާކީ ހުރި ކްރީމާއި ވެނީލާ އެެސެންސް އެއްކުރުމަށްފަހު ދިހަ މިނެޓު ވަންދެން ބަހައްޓާށެވެ.
ދެން ތަށިތަށްޓަށް އަޅައި ކޮންމެ ތަށްޓެއްގެ މައްޗަށް ފޮނި ތޮށ ކުނޑިކޮޅެއް ބުރުވައިލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ