ވައި ތަގައްޔަރުވުން ހައްލުކުރަން މަސައްކަތް ކުރަން ޖެހޭ: މައުމޫން
ވައި ތަގައްޔަރުވުން ހައްލުކުރަން މަސައްކަތް ކުރަން ޖެހޭކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަހާ ގުޅިގެން ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަށްޑިހައިގެ އަހަރުތަކުން ފެށިގެން ތިމާވެށި ހިމާޔަތްކުރުމުގައި ރާއްޖެއިން އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދާ ކަަމަށެވެ. " ވައި ތަގައްުޔަރުވުމާއި އަދި އަޅުގަނޑުމެންގެ ސިއްހަތަށް ކުރިމަތިވެފައިވާ ނުރައްކާތަކަށް ހައްލެއް ހޯދަން ޖެހޭ" މައުމޫން ވިދާޅުވިއެވެ. ރައީސް މައުމޫން އަކީ އެމަނިކުފާނުގެ ވެރިކަމުގައި ތިމާވެށި ހިމާޔަތް ކުރެއްވުމަށް މީހުން ހޭލުންތެރި ކުރުމަށް "ފެހިފަތް" ފަދަ އެތައް ކަމެއް ތައާރަފްކޮށްފައިވާ ބޭފުޅެކެވެ. އޭގެ އަގުވަޒަންކޮށް އެމަނިކުފާނަށް ތިމާވެށީގެ ދާއިރާ އިން ވަނީ ބައިނަލްއަގުވާމީ އެވޯޑްތަކެއް ވެސް ލިބިވަޑައިގެންފަ އެވެ. https://twitter.com/maumoonagayoom/status/1136297481849827329 ރައީސް މައުމޫން މީގެ ކުރިން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިމާވެއްޓާ ބެހޭ ގޮތުން ތަގުރީރުވެސް ކުރައްވައިފައެވެ. ކުރީ ސަރުކާރުން ހދ. ކުޅުދުއްފުށީގެ ކުޅި ހިއްކައި އެއާޕޯޓް ހެދުމުންވެސް ރައީސް މައުމޫން ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. ކުޅި ހިއްކުމާ ގުޅިގެން މައުމޫން ވިދާޅުވީ ތިމާވެށި ލިބިފައިވަނީ ހަލާކު ކުރުމަށް ނޫން ކަމަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ