ރައީސް ސޯލިހުގެ ނުސީދާ އިންޒާރެއް ސުޕްރީމް ކޯޓަށް
ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ނުސީދާގޮތެއްގައި ވަރުގަދަ އިންޒާރެއް ސުޕްރީމް ކޯޓަށް ދެއްވައިފިއެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމި މައްސަލާގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓަށް އަމުރުކޮށްފަައިވަނިކޮށް ރައީސް ސާލިހު ނެެރުނު ބަޔާނެއްގައި ވިދާޅުވީ، ޖޭއެސްސީއަކީ ފަނޑިޔާާރުންނާއި ގުޅޭ މައްސަލަތައް ބެލުމަށް ގާނޫނު އަސާސީން އެކަށައަޅާފައިވާ މުވައްސަސާކަމަށްވާއިރު، އެ މުވައްސަސާގެ ނިންމުންތަކާއި ގުޅިގެން އެ މުވައްސަސާ ޖަވާބުދާރީ ކުރެވޭނެ ގޮތްވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާާ ކަމަށެވެ. އެހެންކަމުން ޖޭއެސްސީ މެންބަރުން ޖަވާބުދާރީ ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްގެން ކަމަށާއި، ޖޭއެސްސީގެެ ނިންމުންތަކާއި ގުޅިގެން އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި އެއީ ޤާނޫނުއަސާސީ އެކަމުގައި ދައްކާފައިވާ މަގުކަމަށްވާއިރު، ޤާނޫނުއަސާސީގައި ވަކިގޮތެއް ކަނޑައަޅާފައިވާ ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމަކީ ދައުލަތުގެ އެއްވެސް ބާރަކަށް ޤާނޫނު އަސާސީ ހުއްދަ ކުރާކަމެއްނޫންކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ. ދިވެހިރައްޖޭގެ ޢަދުލުއިންސާފުގެ ދާއިރާ ހަރުދަނާކުރުމަކީ މި ސަރުކާރުގެ އެންމެ އަސާސީ ވަޢުދުކަމުގައި ވާއިރު، އެ ވަޢުދު ފުއްދުމަށްޓަކައި ކުރާންޖެހޭ އެންމެހައި މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ސާލިހު ވަނީ ދެއްވާފައެވެ. ރައީސް ސާލިހުގެ މި ބަޔާނާއެކު އާންމު ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފަ. އެގޮތުން އެމްޑީޕީން ބޭނުންވާ ގޮތަކަށް ޖުޑިޝަރީ ތެރެއިން ކަންކަން ނުކުރެއްވޭނޭ ކަމަށް ރައްޔިތުން އަންނަނީ ބުނަމުނެވެ. އަދި ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ފަނޑިޔާރުންގެ ކިބައިން ބަދަލު ހިމުގެ ރޫހެއްގައިވެސް މަސައްކަތް ނުކުރެވޭނޭ ކަމަށް ރައްޔިތުން އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ