ހުޅުމާލެއިން ދެ ގަޑި އިރަށް ކަރަންޓް ގޮސްފި

ގާތްގަނޑަކަށް ބައިލައްކައެއްހާ މީހުން ދިރިއުޅެމުން އަންނަ ހުޅުމާލޭގެ ހުރިހާ ސަރަހައްދަކުން މިރޭ ކަރަންޓު ކެނޑިއްޖެ އެ ރަށުގައި ދިރިއުޅޭ މީހުންނަށާއި ވިޔަފާރި ކުރާ ތަންތަނާއި މަސައްކަތު ސައިޓްތަކަށް އުނދަގޫތަކާ ކުރިމަތިވެއްޖެ އެވެ.
ހުޅުމާލެ އިން ކަރަންޓު ކެނޑި މުޅި ރަށް އަނދީގެ ތެރެއަށް ދިޔައީ މިރޭ 10:00 ޖެހިއިރުން ފެށިގެނެވެ.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހަސަން މުޣުނީ މިރޭ ވިދާޅުވީ، އެ ރަށުން ކަރަންޓު ކެނޑެން ދިމާވީ ސެކަންޑް ފޭސް ގައި ކުރިއަށް ގެންދާ ފިފްތް ޕަވާ ޕްރޮޖެކްޓްގެ ޓެސްޓް މަރުހަލާގެ މަސައްކަތުގައި ދިމާވި ހާލަތެއްގެ ތެރެއިން ކަމަށެވެ. އަދި، ބައިގަޑިއިރު ތެރޭ މުޅި ހުޅުމާލެއަށް ކަރަންޓު ދޭން މަސައްކަތް ކުރާ ކަމަށެވެ.
މުޣުނީ އެ މައުލޫމާތު ދެއްވި ފަހުން ކަރަންޓް ދިޔަތާ ދެ ގަޑިއިރު ފަހުން އެއްކޮށް ވަނީ ކަރަންޓް އައިސްފައެވެ.
ހުޅުމާލެއިން މިރޭ ކަރަންޓު ކެނޑުނު އިރު މިދިޔަ އަހަރުން ފެށިގެން ހުޅުމާލެއިން ކަރަންޓު ކެނޑޭ މައްސަލަ އަންނަނީ ދިމާވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ