ރަސްފަންނު މޫދުގެ ފެން ނަޖިސްވާ ކަން އެނގުނު ފަހުން ވެސް މީހުން މޫދަށް އެރޭ ކަމުގެ ކަންބޮޑުވުން
މާލޭގެ ހުޅަނގު ފަރާތުގައި ހަދާފައިވާ ރަސްފަންނު ބީޗުގެ ފެން ތަކުރާރުކޮށް ނަޖިސްވާ ކަމަށް ދިރާސާއަކުން ދައްކާފައިވާއިރު ވެސް އެ ސަރަހައްދަށް މީހުން މޫދަށް އެރޭތީ ބައެއް ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގެ މެރިން ބަޔޮލޮޖީ ދާއިރާގެ ދިރާސާއިން އެނގޭ ގޮތުގައި، ރަސްފަންނު ގެ މޫދަށް އެރޭ ސަރަހައްދުގެ ފެނުގެ ފެންވަރު ތަކުރާރުކޮށް އަންނަނީ ދަށްވަމުންނެވެ. https://sun.mv/223596 އެއީ، އެ ސަރަހައްދުގެ އޮއިވަރު ހުންނަ ގޮތުން ފެން ދައުރުވުން ކުޑަވުމާއި މާލޭގެ ނަރުދަމާ ނިޒާމުން ބޭރުކުރާ ނަޖިސް ހޮޅިތަކާ އެ ސަރަހައްދު ކައިރިވުމުގެ ސަބަބުން ކަމަށް އެ ދިރާސާއިން ދައްކައެވެ. ކަން އެހެން އޮއްވައި، އެ ސަރަހައްދަށް އަދިވެސް މީހުން މޫދަށް އެރޭތީ ބައެއް ސިއްހީ މާހިރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރަސްފަންނުގައި ކުޑަކުދިންތަކެއް ކުޅެނީ: އެ ސަރަހައްދުގެ ފެން ނަޖިސްވާކަން އެނގުނު ފަހުން ވެސް މޫދަށް އެރޭތީ އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ---- ސަން ފޮޓޯ/ އާއިޝް އަޝްރަފް މިގޮތުން، އެ ސަރަހައްދުގައި ފެން ދައުރުވުން ކުޑަވުމާއި ނަޖިހުގެ އަސަރު ފޯރާތީ ފެނުގައި ގެއްލުންދެނިވި ބެކްޓީރިއާގެ މިންވަރު އިތުރުވުމުގެ ފުރުސަތު އޮތްއިރު، މޫދަށް އެރުން ރައްކާތެރި ނުވާނެކަން އެ ބޭފުޅުން ފާހަގަކުރައްވައެވެ. އެމްއެންޔޫގެ ދިރާސާގައި ބަޔާންކޮށްފައިވާ ގޮތުގައި، ރަސްފަންނު ސަރަހައްދަކީ ގިނަ އަދަދެއްގެ އާންމުންނާއި ކުޑަކުދިން ހިތްއުފާކޮށްލުމަށް ބޭނުންކުރާ ތަނަކަށް ވާތީ، މި މައްސަލައަށް އަވަސް ހައްލެއް ބޭނުންވެއެވެ. މިގޮތުން، އެ ސަރަހައްދުގެ ފެން ދައުރުވާ މިންވަރު އިތުރުކުރުމަށްޓަކައި ގެނެވޭނެ ބަދަލުތަކެއް ދިރާސާކުރުމާއި، މާލޭގެ ނަރުދަމާ ހޮޅިތަކުން ބޭރުކުރާ ތަކެތި މޫދަށް ދޫކުރުމުގެ ކުރިން ފަރުވާދޭ ނިޒާމެއް ގާއިމުކުރުން މުހިންމު ކަމަށް ވަނީ ބުނެފައެވެ. https://sun.mv/223368 ކަމާބެހޭ އިދާރާތަކުން ރަސްފަންނު މޫދުގެ ފެންވަރު ގަވާއިދުން ޓެސްޓުކޮށް، ފެނުގެ ރައްކާތެރިކަމުގެ މައުލޫމާތު އާންމުންނަށް ހާމަކުރަމުން ދިއުމަކީ މިފަދަ ސިއްހީ ނުރައްކާތަކުން ރައްޔިތުން ސަލާމަތްކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އޭޕްރީލް މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ރަސްފަންނު ބަންދުކޮށްގެން ކުރިއަށްގެންދިޔަ މަރާމާތުގެ މަސައްކަތްތައް އެއްކޮށް ނިންމާލުމަށްފަހު ހުޅުވީ މިމަހުގެ 12 ވީ ހުކުރު ދުވަހުގައެވެ. އެއަށްފަހު އެ ސަރަހައްދާ ދިމާ ކަނޑުން ފަޅުތެރެއަށް ތެޔޮ ވަދެ، މޫދު ތަޣައްޔަރުވުމާ ގުޅިގެން އަނެއްކާ ބަންދުކުރުމަށްފަހު އަލުން މިހާރު ވަނީ ހުޅުވައިފައެވެ. ރަސްފަންނަކީ މާލޭގެ ގިނަ ބަޔަކު މޫދަށް އެރުމަށް ބޭނުންކުރާ ސަރަހައްދަކަށް ވީނަމަވެސް، މީގެ ކުރިން ފެން ދައުރުނުވުމާއި ކައިރީގައި ހުންނަ ފާހާނާ ހޮޅިތަކުގެ މައްސަލައާ ހެދި ގިނަ ފަހަރު އެ ސަރަހައްދު ބަންދުކުރަން ޖެހެއެވެ. ރަސްފަންނަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި, މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ތަރައްގީ ކުރެއްވި ތަނެކެވެ. ގިނަ ބަޔަކު ހިތް އުފާ ކުރަން އެ ސަރަހައްދު ބޭނުން ކުރި ނަމަވެސް އެ ސަރަހައްދާއި އެ ސަރަހައްދުގައި އަޅާފައިވާ ދުވާ ޓްރެކަށް ގިނަ މައްސަލަތަކެއް މީގެ ކުރިން ވެސް ވަނީ ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ