ވޯލްޑް ކަޕުގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް މެސީ މުގުރާލައިފި

ވޯލްޑް ކަޕުގައި 17 ގޯލު ޖަހައި ޖަރުމަނުގެ
މިރޮސްލާވް ކްލޯސޭ ހަދާފައިވާ ރެކޯޑް އާޖެންޓީނާގެ ލިއޮނަލް މެސީ މިރޭ މުގުރާލައިފި
އެވެ.
މެސީ ވަނީ ފުރަތަމަ މެޗުގައި
އަލްޖީރިއާ އަތުން 3-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި ހެޓްރިކް ހަދައި ކްލޯސޭގެ
ރެކޯޑާ އެއްވަރުކޮށްފަ އެވެ. އޭނާ ރެކޯޑް އަމިއްލަ ކުރީ މިރޭ އޮސްޓްރިއާ ކޮޅަށް
ޖެހި ގޯލާ އެކު އެވެ.
އޭނާ މި ގޯލް ޖެހީ 38 ވަނަ މިނެޓުގައި
އަރިމަތިން ފަކޫންޑޯ މެޑީނާ ނެގި ހުރަސް އޭރިއާ ތެރެއިން ގޯލުގެ ތިރީ ކަނަށް
ވައްދާލައިގެންނެވެ. އެ ބޯޅަ އެންމެ ފުރަތަމަ ލިބުނީ ތިއާގޯ އަލްމާޑާ އަށެވެ.
އެކަމަކު އޭނާ ޖަހާނެ ކަމަށް އޮސްޓްރިއާ ޑިފެންޑަރުން ބަލައިގެން ތިއްބާ، އޭނާ އެ
ބޯޅަ މެސީ އަށް ދޫކޮށްލީ އެވެ.
އޭގެ ކުރިން މެސީ އަށް ގޯލު ޖަހަން
ރަނުގެ ފުރުސަތެއް ލިބުނެވެ. އެކަމަކު ޕެނަލްޓީ ސްޕޮޓް މަތިން ފޮނުވާލި ބޯޅަ
ދިޔައީ ގޯލާ ސީދާ ނުވެ ބޭރުންނެވެ. މިއީ އާޖެންޓީނާގެ ލަޓާރޯ މާޓިނޭޒް އަށް
އޮސްޓްރިއާ ޑިފެންޑަރަކު ކުރި ފައުލަކަށް ރެފްރީ ވީއޭއާރް އިން ބަލައިގެން ދިން
ޕެނަލްޓީއެކެވެ.
ޕެނަލްޓީގެ އިތުރުން ވެސް މެސީ އަށް ހުސް
ދެ ފުރުސަތެއް ލިބުނެވެ. މާޓިނޭޒް އެންމެ ކުރިއަށް ލައިގެން އާޖެންޓީނާ ކުޅެނީ އެޓޭކުގައި
މެސީ އަށް ފްރީ ރޯލެއް ދީގެންނެވެ.
ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ފަސް ކުޅުންތެރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ