ފިނޭންސް މިނިސްޓަރު ޒަމީރު އިސްތިއުފާ ދެއްވައިފި

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. އޭނާގެ އިސްތިއުފާގެ ސިޓީ ރައީސް މުހައްމަދު މުއިއްޒަށް މިއަދު ވަނީ ފޮނުއްވާފައިކަން ވަނީ ޔަގީންވެފަ އެވެ. ޒަމީރު އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައި ވަނީ ސިއްހީ ސަބަބުތަކަށްޓަކަ އެވެ. މިދިޔަ ޑިސެމްބަރު މަހު ޒަމީރު ވަނީ އޮޕަރޭޝަނެއް ވެސް ކުރައްވައިފަ އެވެ. ޒަމީރު މި ސަރުކާރުގައި އެންމެ ފުރަތަމަ ހުންނެވީ ފޮރިން މިނިސްޓަރަކަށެވެ. އޭނާ ފިނޭންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވީ ސެޕްޓެމްބަރު 30، 2024 ގައި ކެބިނެޓަށް ފުރަތަމަ ބަދަލުގެނައިއިރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ