ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާއަށް މެންބަރަކު އިންތިހާބު ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާނުކޮށްފި އެވެ.
ތަފްސީލް - އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ގޮތުން:
އެ ދާއިރާގެ ގޮނޑި އައްޑޫގެ ކުރީގެ މޭޔަރު، އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު ކާމިޔާބު ކުރެއްވީ 1،375 ވޯޓުން؛ އެއީ އިންތިހާބުގައި ވޯޓުލީ 2،730 މީހުންގެ %51.15
އިންތިހާބުގައި ދެން ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދު؛ އޭނާއަށް ލިބިވަޑައިގަތީ 1،313 ވޯޓު
އެނގުން މުހިންމު - ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރަކަށް ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާންގެ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް ދައްކަވާފައި ނުވާތީ ގޮނޑި ގެއްލުނު ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ.
ހިތަދޫ އުތުރު ގޮނޑީގެ ރަސްމީ ނަތީޖާ އިއުލާނުކޮށްފި؛ ނަތީޖާއަށް ބަދަލެއް ނާދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ