ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން ކޮލެބް 26 ހެކަތަން، ބައިވެރިވާން ފުރުސަތު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ކޮލެބް 26 ހެކަތަން'ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.މިއީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ ހެކަތަންއެކެވެ. މީގެ މަގުސަދަކީ މެންޓަރުންގެ އެހީތެރިކަމާއެކު، ޑިޖިޓަލް ޚިޔާލުތައް އަމަލީ މަސައްކަތްތަކަކަށް ބަދަލުކޮށް، ޕްރޮޓޯޓައިޕްތަކެއް އުފެއްދުމެވެ.ބީއެމްއެލުން ބުނީ މި ހެކަތަން ކުރިއަށް ދާނީ މި ދެ މުއައްސަސާ ގުޅިގެން އަލަށް އުފެއްދި 'ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު'ގެ ދަށުން ކަމަށެވެ. އަދި މިއީ 'ކޮލެބް 26' ކޮންފަރެންސްގެ ފުރަތަމަ ދެ ދުވަހުގެ ނަތީޖާގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ބުންޏެވެ.މީގެ އިތުރުން ބައިވެރިންގެ މެދުގައި ޓީމުތަކަށް ބަހާލައިގެން، ކަނޑައެޅިފައިވާ ދެ ދާއިރާއަކުން (ޓްރެކް) އަމަލީ ގޮތުން ބޭނުންކުރެ ވޭނެ ފަދަ ސޮލިއުޝަންތަކެއް ތަރައްގީ ކުރާނެ ކަމަށް ވ ެސް ބީއެމްއެލުން ބުންޏެވެ.ޓްރެކް 1 ޚާއްސަ ވާނީ ސަރުކާރުގެ މަސައްކަތްތަކަށް އޭއައި ބޭނުންކުރުމަށް ކަމަށެވެ. އަދި ޓްރެކް 2 ހާއްސަ ވާނީ، ސްވައިޕް އޭޕީއައި މެދުވެރިކޮށް ފިންޓެކް އީޖާދުތަކަށެވެ.މި ހެކަތަންއަކީ މައިންޑްކޯ އާއި ބީއެމްއެލްއާ ދެމެދު ސޮއިކުރި އެމްއޯޔޫގެ ދަށުން އުފެއްދި ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރުގެ މައިގަނޑު އެއް ހަރަކާތެވެ.މިއީ 'މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން' އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ