އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ފުއްގިރީގެ މައްސަލައިގައި ކުރެވޭ ޝަރީއަތުގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުގެ ސަބަބުން ކުރިއެރުންތަކެއް ލިބިވަޑައިގެންފައިވާކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިނގިކަމަށް ބުނާ ހިޔާނާތުގެ ތެރެއިން މަންފާ ނެންގެވިކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކާއި ގުޅޭގޮތުން ނިންމި ނިންމުންތަކާއި ގުޅޭ ދަށު ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުންވެސް ދަމަހައްޓާފައިވާއިރު، އާދަމް ޝަރީފް ވަނީ އެ ކަމުގެ ސަބަބުން ރައީސް ޔާާމިން އަށް ގެއްލުމެއް ލިބިވަޑައިނުގަންނަވާކަމަށް ފާހަގަކުރައްވާފައެވެ.
އޭނާ ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން ރައީސް ޔާމީންގެ ޝަރީއަތަށް ބޭނުންވާ ހެކި ހޯދުމަށާއި އެ ހެކިތަކުގެ ސައްހަކަން ކަށަވަރު ކުރުމުގައި އަދި އުފައްދާފައިވާ ހެކިތައް ސާބިތުކޮށްދިނުމަށްވެސް ފަސޭހަތަކެއް ލިބިފައިވާކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އަދި އަބްދުﷲ ޒިޔަތުގެ ހެކިބަސް ކްރިމިނަލް ކޯޓުން ބަލައިގަނެފައިވާނަމަވެސް، އެ ވާހަކަތަކުގެ ފަހަތުގައި އެއްވެސް ބުރަދަނެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ، ބުރަދަނެއް ހުންނާނެކަމަށް ދެކިވަޑައިނުގަންނަވަނީ އެއީ ފާސިގުންގެ ހެކިބަސް ކަމަށް ވާތީ ކަމަށެވެ.
SC ge hukumuge sababun RY ge shareeathah beynunvaa heki hoadhumaai heki verify kurumah adhi ufadhdhaafaivaa hekithah saabithukohdheyn faseyha vaane!Adeeb aai Ziyath ge hekibas CC in balaigathas evves buradhaneh dheynekamakah nudheken! E ee aasiqunge hekibas sahha nuvaanethee!
— Adam Shareef Umar (@Adamshareefz) May 15, 2023
ރައީސް ޔާމީންގެ މައްޗަށް ކުރެވެމުންދާ ޝަރީއަތުގެ މަރުހަލާގެ ތެރެއިން ކާމިޔާބީތަކެއް ލިބިވަޑައިގެންފައިވާކަމަށް އާދަމް ޝަރީފް ސިފަކުރެއްވިއިރު، ރައީސް ޔާމީންގެ ފަރާތުންވަނީ ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ބަލައިނުގަތުމަށާއި، ސިއްރު ކޮށްފައިވާ ބައެއް ހެކިތައް ހާމަކޮށްދިނުމަށްވެސް ހުށައަޅާފައެވެ. ރައީސް ޔާމީންގެ ޓީމުން ހުށައަޅާފައިވަނީ ގިނަ ތުހުމަތުތަކެއް ކުރެވިފައިޥާ ކުރީގެ ނައިބު ރައީސް އަދި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން ހެކިތައް ސާބިތުކުރުމަށް ފަސޭހަވާނެ: އާދަމް ޝަރީފް އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ