ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެމްޓީސީސީގެ ފެރީގެ ޚިދުމަތްތަކަށް ބުރޫ އަރާފާނެ ކަމުގައި އެކުންފުނިން ބުނެފިއެވެ.
އެމްޓިސީސީން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ކަނޑާއި ވައި ގަދަވާނެ ކަމަށް މީޓިއޮރޮޖިކަލް ސާވިސް އިން ލަފާ ދީފައިވާ ކަމަށާއި މޫސުން ގޯސްވުމުގެ ސަބަބުން އެކުންފުނިން ދެމުން އަންނަ ފެރީގެ ޚިދުމަތްތަކަށް ބުރޫ އެރުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
އެމްޓީސީސީން ބުނީ އެކުންފުނިން ދެމުންދާ ފެރީގެ ޚިދުމަތްތަކާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އެކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅުމަށް އެދޭ ކަމަށެވެ.
އެމްޓީސީސީން ގެންދަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ފެރީގެ ޚިދުމަތް ދެމުންނެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ފެރީގެ ޚިދުމަތްތަކަށް ބުރޫ އަރާފާނެ: އެމްޓީސީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ