ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ދޫކުރަން ނިންމާފައިވާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
މިފަހަރު އިތުރު ލުއިތަކަކާއެކު އެސްޑީއެފްސީ ޕޯޓަލް މެދުވެރިކޮށް އާރްއެސްޑަބްލިއު ފައިނޭންސިން ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިފަހަރުގެ ލޯނު ސްކީމަށް ހަލް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދަކަށް އެދި ހުށައެޅޭނެއެވެ. އަދި އިންޖީން އެޅުމުގެ މަސައްކަތް ފަށާފައިވާ އުޅަނދުތަކާއި 50 ފޫޓަށް ވުރެ ދިގު އުޅަނދަކާއި، މަދުވެގެން 10 ޓަނުގެ ފިޝް ހޯލްޑިން ކެޕޭސިޓީއެއްވެސް ހުންނަން އުޅަނދުތަކަށް އެޕްލައިކުރެވޭނެއެވެ.
މި ޕްރޮޖެކްޓުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ޖޫން 30، 2025 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނުގެ ދަށުން ރަހުނަކާއި ނުލާ 100،000 ރުފިޔާއިން ފެށިގެން 2،000،000 ރުފިޔާއަށް ހަމައަށް ލޯނުދޫކުރެއެވެ.
އެންމެ ފުރަތަމަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ލޯނަށް ހުޅުވާލީ މިދިޔަ ސެޕްޓެމްބަރުމަހުއެވެ. އަދި މުއްދަތު ހަމަވިއިރު 39 ފަރާތުން ލޯނަށް އެދި ހުށަހަޅާފައިވާކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފައިވާއިރު އެ މިނިސްޓްރީން ބުނީ ލޯން ސްކީމަށް އެދި ހުށައެޅި މީހުންގެ ތެރެއިން 19 ފަރާތެއް ޝަރުތު ހަމަވާކަމަށެވެ.
އަދި މިހާރު ކުރިއަށްދަނީ ޝަރުތުހަމަވާ މީހުންނާއެކު އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތްކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އިތުރު ލުއިތަކާއެކު، އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ދޫކުރާ ލޯނުގެ ދެވަނަ ބުރަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ