ބްރިޖު ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ

މާލެއާއި ހުޅުމާލެ ގުޅުވައިދޭ ސިނަމާލެ ބްރިޖު ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް ރޭ އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި މައްސަލަ އެ ޚިދުމަތަށް ރިޕޯޓުކޮށްފައި ވަނީ ރޭ ގާތްގަނޑަކަށް 10:02 ހާއިރު ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައެވެ.
އެކްސިޑެންޓްގައި ޖެހުނު ދެ ސައިކަލުގައި ދުއްވަމުން ދިޔަ ދެ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަނިޔާވި މީހުންގެ ޙާލަތާ ބެހޭ އިތުރު މަޢުލޫމާތެއް މިވަގުތު ލިބިފައެއް ނުވެއެވެ.
މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ