މަޖިލީހުން ފާސްކުރާ ގާނޫނަކަށް އަމަލު ނުކުރަން ގޮވުމަކީ ގޯހެއް: ލޯޔަރު ޝާއިރު

ޝިއާރު ވިދާޅުވީ އެ ބިލް ތަޞްދީޤުނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެވިދާނެ އެވެ، އެކަމަކު އެ ގާނޫނަށް އަމަލު ނުކުރަން ނުގޮވޭނެ އެވެ،
ރައްޔިތުން ހޮވާފައިވާ މަޖިލީހަކުން ފާސްކުރާ ގާނޫނަކަށް އަމަލު ނުކުރަން ގޮވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ލޯޔަރު އަބްދުﷲ ޝާއިރު ވިދާޅުވެއްޖެ އެވެ. 
ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކުރައްވަމުން ގެންދަވާ މަޝްހޫރު ލޯޔަރު އެކްސްގައި ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކަށް ޢަމަލުނުކުރުމަށް ދިވެހިރާއްޖޭގެ ބާކައުންސިލުން ނުވަތަ ޖޭއެސްއީންވެސް ގޮވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. މީގެ ސަބަބެއްގެ ގޮތުގައި ޝާއިރު ވިދާޅުވީ އެހެނީ، އެފަދަ ގޮވާލުމަކުން ޤާނޫނާ ޚިލާފުވުމަށް ބާރުއެޅެ އެވެ. އަދި މީގެ ބަދަލުގައި މިފަދަ ޙާލަތެއްގައި އެ ބިލް ތަޞްދީޤުނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.އޭނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއަށް ޕެޓިޝަނެއް ހުށަހެޅުމާއި ވަކި ކަމެއް ނުކުރުމަށް އެ ކޮމިޓީއަށް ގޮވާލުމުގެ ޙައްޤު ލިބިދެ އެވެ."މިގޮތަށް ޢަމަލުކުރަންޖެހޭ މައިގަނޑު ސަބަބަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރުމަށް ޤާނޫނީގޮތުން އުފައްދާފައިވާ މުއައްސަސާއަކަށްވާތީއެވެ. އަދި ހަމައެހެންމެ ބާ ކައުންސިލަކީ ވެސް ޤާނޫނުން އުފައްދާފައިވާ ދައުލަތުގެ ބައެކެވެ،" ޝާއިރު ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް މަދު ކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލީހުން ވަނީ މިމަހުގެ 26 ވަނަ ދުވަހު ފާސްކޮށްފަ އެވެ. މި ބިލް ގާނޫނަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަސްދީގު ކުރެއްވުމުންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ