ފާފަފުއްސަވައި ރަޙްމަތް ލެއްވެވުން އެންމެ ބޮޑުވެގެންވާ ބަރަކާތްތެރި ރަމަޟާންމަސް ބައްދަލުކުރީއެވެ. އިން ޝާ ﷲ! ﷲ ތަޢާލާގެ ޙަޟްރަތުން މީސްތަކުންނަށް ގޮވައިލެއްވެވޭ މިގޮވައިލެއްވެވުމަށް ޢިޖާބަ ދޭ މީހަކަށް ވަމާ ހެއްޔެވެ؟
ރޯދަމަހުގެ ފުރަތަމަ ރޭގެ ނިދާ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވަނީ -- " ރަމަޟާން މަހުގެ ފުރަތަމަ ރެއިން ފެށިގެން މިރެއިން ފެށިގެން ﷲ ސުބުޙާނަހޫ ވަތަޢާލާ ރަމްޟާންމަހަށް އެކަލާންގެ އަޅުތަކުން ތައްޔާރު ކުރެއްވުމަށްޓަކައި، އެކަލާންގެ އަޅުތަކުންނަށް އެ އިލާހުގެ ހަޟްރަތަށް ވާސިލް ވުމުގެ މަގު ތަނަވަސް ކޮށްދެއްވުމަށްޓަކައި އެންމެހާ ޝައިޠާނުންނާއި މާރިދު ޖިންނީން ކަސްތަޅު އަޅުއްވާ ހައްޔަރު ކުރައްވައެވެ."
-- " ނަރަކައިގެ ދޮރުތައް ބަންދުކުރައްވާ އެއިން އެއްވެސް ދޮރެއް ރަމްޟާން މަހުގައި އެކަލާންގެ ނުހުޅުއްވަވާ. މުއުމިނުންގެ ޝައުޤުވެރިކަން އާ ކުރުމަށްޓަކާ." (އަރަބި) " ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވާ މަރްޙަބާ ކިޔޭ ސުވަރުގެއަށް. އެއިން އެއްވެސް ދޮރުކޮޅެއް ރަމްޟާން މަހުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަންދު ނުކުރައްވާ." އަދި ޚައްސަކޮށް -- " ރަމްޟާންމަހުގެ ފުރަތަމަ ރެއިން ފެށިގެން ﷲ ގެ ހަޟްރަތުން ނިދާ އިއްވެވެނީ، ގޮވާލެވޭ ފަރާތަކުން އައިސް ގޮވާލަނީ، އެކަލާންގެ އަޅުތަކުންނަށް ނިދާ އިއްވެވެނީ" --- "ﷲ އަކްބަރް. ރަމްޟާން މަހުގެ އެންމެ ފުރަތަމަ ރޭގެ ނިދާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަޅުތަކުންނަށް އަންނަނީ --- "އޭ ހެޔޮކަމުގެ އަހުލުވެރިންނޭވެ! އޭ ޘަވާބާއި ދަރުމައަށް އުއްމީދު ކުރާ މީހުންނޭވެ! ﷲ ގެ ރަޙްމަތަށް އެދުންވެރިވެގެން ތިބޭ މީހުންނޭވެ! ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފުއްސެވުމާއި ރުއްސެވުމަށް ދަހިވެތި ވެފައިވާ މީހުންނޭވެ! އެކަލާންގެ ކޯފާއާއި ޢަޒާބުން ނަރަކައިން މިންޒުވާން ބޭނުންވެފައިވާ މީހުންނޭވެ." --- " ކުރިމަތިލާށެވެ، އަވަސްވެގަންނާށޭ ހެޔޮ ޢަމަލު ކުރުމަށްޓަކަ."
ﷲ އަކްބަރް. --- " ނިދާ އިއްވެވެނީ. --- އޭ ނުބައި ނުލަފާ މީހާއެވެ! ފާފަތައް ކުރުމުގައި ހައްދުފަހަނަ އަޅާ ގޮސްފައިވާ މީހާއެވެ. ނުބައި ކަންތައްތައް ރާވާ ވިސްނާ އެކަންކަމަށް ކުރިމަތި ލާ މީހާ --- "ހުއްޓާލާށޭ، މައިތިރިވާށޭ، ކަލޭގެ ނުބައިކަން ދޫކޮށްލާށޭ، ރަމްޟާން މަސް އަތުވެއްޖެއެވެ. ނުބައި މީހުންނަށް ތައުބާވުމުގެ ފުރުސަތަކަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވަނީ " ރަމްޟާން މަސް ފެށެނީ އިލާޙީ ޙަޟްރަތުން މި މަތިވެރި ނިދާއާއި އެކުގައެވެ"
- ޑރ. ޝައިޚް އާދަމް ޝަމީމް
ރަމަޟާން މަހުގެ ފުރަތަމަ ރޭ ﷲ ތަޢާލާގެ ޙަޟްރަތުން މީސްތަކުންނަށް ގޮވައިލެއްވެވޭ ގޮވާލެއްވެވުން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ