މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ން މިދިޔަ އަހަރު ފެށި އަދި ކާމިޔާބުކަމާ އެކު ކުރިއަށްގެންދާ ގެސްޓްހައުސް ސިމްޕޯސިއަމް މި އަހަރު ވެސް ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެމްއައިބީން އިއްޔެ ބުނި ގޮތުގައި، މި ސިމްޕޯސިއަމް އޮންނާނީ 2 އޮކްޓޯބަރުގައި ކްރޮސްރޯޑްސްގަ އެވެ.
މި އަހަރުގެ ސިމްޕޯސިއަމްގައި ބައިވެރިވުމުގެ ފުރުސަތު ފަހުން އޮންލައިންކޮށް ހުޅުވާލާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ތަފްސީލް - މިއީ ގެސްޓްހައުސްގެ އިތުރުން އެ ވިޔަފާރިއާ ގުޅިފައިވާ އެހެން ވިޔަފާރިތަކުން އެއްތަނަކަށް އެއްވެ މަޝްވަރާކުރުމާއި ދިމާވާ ދަތިތަކަށް މި ސިނާއަތުގެ ތަޖުރިބާކާރުންގެ ލަފާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ސިންޕޯސިއަމެކެވެ.
މި ސިންޕޯސިއަމްގައި މި އަހަރު ގެސްޓްހައުސްގެ އިތުރުން ސަފާރީތައް ވެސް ބައިވެރިކުރަން މަޝްވަރާކުރަމުން އަންނަ ކަަމަށް އެ އެބޭންކުން ބުންޏެވެ. މީގެ އިތުރުންމިދިޔަ އަހަރު އެކި ބައިވެރިން ދިން ހިޔާލުގެ މައްޗަށް ބަލައި އެކި ބަދަލުތައް ފެނިގެންދާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ފާހަގަކޮށްލެވޭ - މިދިޔަ އަހަރު ބޭއްވި ސިމްޕޯސިއަމްގައި 150އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވި އެވެ. އެ ބައިވެރިންގެ ތެރެއިން ބައެއް ފަރާތްތަކުން ވިޔަފާރި ފުޅާކޮށްފައިވާކަން ވެސް އެމްއައިބީން ފާހަގަކުރި އެވެ.
އެމްއައިބީން ގެސްޓްހައުސް ސިމްޕޯސިއަމް 2 އޮކްޓޯބަރުގައި ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ