ސިހުރު ހަދާކަމުގެ މައުލޫމާތު ލިބިގެން ބާރަށުން އަށް ތަނެއް ބަލައި ފާސްކޮށް އަށް މީހަކާ ސުވާލު ކޮށްފި ސިހުރު ހަދާކަމުގެ މައުލޫމާތު ލިބިގެން ބާރަށުން އަށް ތަނެއް ބަލައި ފާސްކޮށް އަށް މީހަކާ ސުވާލު ކޮށްފި

ހއ. ބާރަށުގައި ސިހުރު ހަދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށުގެ ފުލުހުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މިއަދު ހެދުނު 7:00 އިން ފެށިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި އެ ރަށުގެ އަށް ތަނެއް ބަލައިފާސްކުރި ކަމަށެވެ. އެ ތަންތަނުގެ ތަފުސީލެއް ފުލުހުން ނުދެ އެވެ. އަދި، އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބެލެވޭ ގޮތުގައި ބަލައި ފާސްކުރީ ސިހުރު ހަދާ ކަމަށް ބެލެވޭ މީހުން ދިރިއުޅޭ ގެތަކެވެ. މި ތަންތަން ބަލައި ފާސްކޮށް މައްސަލައާ ގުޅުންހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
އިތުރު ތަފުސީލެއް ނުދިން ނަމަވެސް ފުލުހުން ވަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ބުނެފަ އެވެ.
ރާއްޖޭގައި ސިހުރު ހެދުން އަބަދުވެސް އާންމެވެ. އެކަމާ ގުޅިގެން އެކަށީގެންވާ ގާނޫނީ ފިޔަވަޅެއް ނޭޅި، ސިހުރުވެރިންނަށް އަދަބު ނުދެވޭ ކަމުގެ ޝަކުވާ ވެސް މަދެއް ނޫނެވެ.
މި ފަހަކަށް އައިސް ފުލުހުން ގެންދަނީ މިފަދަ މައްސަލަތަކުގައި އެކި ރަށްރަށުގެ ތަންތަން ބަލައިފާސްކޮށް, ސިހުރު ހަދަން ބޭނުންކުރާ ތަކެތި އަތުލައިގަންނެ ސިހުރުވެރިން ހައްޔަރުކުރަމުންނެވެ.
އެގޮތުން މިދިޔަ މަހު ހޯރަފުށިން އެކަކު އަދި އޭގެ ކުރީ މަހު އުނގޫފާރުން ދެ މީހަކު ސިހުރު ހަދާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ