ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ އަހުމަދު ރާޒީ އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމް ހުށަހަޅައިފި އެވެ.
އަންނަ ޖޫން މަހު ބާއްވާ އެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ރާޒީ ހުށަހެޅީ އެ ޕާޓީގެ ޕްރައިމަރީގައި އޭނާއާ ވާދަކުރެއްވި އަނެއް ކެންޑިޑޭޓް ނަން އަނބުރާ ގެންދިއުމުން އެ ޓިކެޓް އޭނާއަށް ކަށަވަރުވުމުންނެވެ. ރާޒީއާ އެކު ޕްރައިމަރީގައި ވާދަކުރަން ނިންމާފައި އޮތީ މ. ތްރީއޭވިލާ އިބްރާހިމް ޖިހާދެވެ.
އެ އިންތިޚާބުގައި ވާދަކުރަން ހުށަހެޅުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާއިރު ރާޒީގެ އިތުރުން އިތުރު ދެ ބޭފުޅަކު ވެސް ވަނީ އެ އިންތިޚާބުގައި ވާދަކުރަން ހުށަހަޅައިފަ އެވެ. އެއީ ސަރުކާރު ހިންގާ ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫނާއި އަމިއްލަ ގޮތުން އެ އިންތިޚާބުގައި ވާދަކުރާ އެލްޖީއޭގެ ނައިބު ރައީސް މޫސާ ނަސީރެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ އެ ދާއިރާގެ މެމްބަރަކަށް ހުރި އަހުމަދު ނާޒިމްގެ މައްޗަށް މަކަރާއި ހީލަތުގެ ކުށް ސާބިތުވެ، އޭނާ އުމުރަށް ޖަލަށްލާން ސުޕްރީމް ކޯޓުން މިމަހުގެ ހަ ވަނަ ދުވަހު ހުކުމް ކުރުމުންނެވެ.
ދިއްގަރު ދާއިރާގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓް ރާޒީ ވެސް ފޯމް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ