އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ކައިވެނި ހަފްލާއެއްގައި ނަށަން ހުރި އަންހެނަކު މަރުވެގެން ވެއްޓިއްޖެއެވެ.
އުމުރުން 23 އަހަރުގެ އެ އަންހެން މީހާއަކީ އިންދޯރަށް އުފަން، ޕަރިނީތާ ޖައިން ނަމަކަށްކިޔާ އަންހެނެއް ކަމަށާއި އޭނާ މަދްޔަ ޕްރަދޭޝް އަށް ދިޔައީ އޭނާގެ އާއިލާ މީހެއްގެ ކައިވެންޏަށް ކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަގޮތުގައި ސްޓޭޖުގައި އޭނާ ނަށަމުންދިޔައީ ހިންދީ ފިލްމު ”މެރެ ޔާރްކީ ސާދީހޭ“ ފިލްމުގެ ލަވަ ”ޝަރާރާ ޝަރާރާ“ އަށެވެ.
އެ ވީޑިއޯއިން ފެންނަނީ ނަށަމުންދަނިކޮށް ކުއްލިއަކަށް ސްޓޭޖްމައްޗަށް އޭނާ ވެއްޓޭ މަންޒަރެވެ. އެ ހަފްލާގައި އެވަގުތުތިބި ބައެއް ޑަކުޓަރުންނާއި އާއިލާ މެންބަރުން އެވަގުތު އޭނާއަށް ސީޕީއާރް ދޭން މަސައްކަތް ކުރި ނަމަވެސް އެއްވެސް ހަރަކާތެއް ކޮށްފައިނުވާކަމަށާއި އޭރުވެސް އޭނާ ވަނީ މަރުވެފައިވަކަމަށް ރިޕޯޓްކޮށްފައިވެއެވެ.
Terrifying moment Indian woman DROPS DEAD from heart attack while dancing — caught on cam pic.twitter.com/TvHnxdxzP8
— RT (@RT_com) February 9, 2025
Your email address will not be published. Required fields are marked *
ހިޔާލު *
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male‘ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އިންޑިއާގައި ކައިވެނި ހަފްލާއެއްގައި ނަށަންހުރި އަންހެނަކު މަރުވެގެން ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ