މަޖިލީހުގެ ދިއްގަރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓް ހޯދަން ޕްރައިމަރީއަށް ކުރިމަތިލެއްވެވި ދެ ބޭފުޅުންގެ ތެރެއިން މ. ތްރީއޭވިލާ އިބްރާހިމް ޖިހާދު، އޭނާގެ ނަން އަނބުރާ ގެންދެވުމުން އެމްޑީޕީގެ ޓިކެޓް މ. މަޑުއްވަރީ ކާނިގޭ އަހުމަދު ރާޒީއަށް ލިބިއްޖެ އެވެ.
އެމްޑީޕީން ބުނީ މިއަދު ޕާޓީން އެ ދާއިރާގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނިކޮށް ޖިހާދު ނަން ގެންދަވާފައިވާ ކަމަށައި އެހެން ކަމުން އެމްޑީޕީގެ ޓިކެޓް ޕްރައިމެރީއަކާއި ނުލައި ރާޒީއަށް ލިބިފައިވާ ކަމަށެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމުން ވާދަ ކުރައްވަނީ ފާރިޝް މައުމޫނެވެ.
ޖިހާދު ނަން ނެގުމުން ދިއްގަރު ދާއިރާގެ އެމްޑީޕީ ޓިކެޓް ރާޒީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ