ދިރާގުން ބޮޑު އީދަށް އަގުހުރި އިނާމުތަކާއެކު ހާއްސަ އޮފާތަކެއް ދިރާގުން ބޮޑު އީދަށް އަގުހުރި އިނާމުތަކާއެކު ހާއްސަ އޮފާތަކެއް

ދިރާގުން ކުރިއަށް އޮތް ބޮޑު އީދަށް އަމާޒުކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތުތަކާއެކު ހާއްސަ އޮފާތަކެއް އިއްޔެ ތައާރަފްކޮށްފި އެވެ.
ދިރާގުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހް އާދަމް ވިދާޅުވީ ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ އީދު ފާހަގަކުރުމަށް ކަސްޓަމަރުންނާ ގުޅިގެން، ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން ތަފާތު އަގުހުރި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.
"މި އޮފާތަކުގެ އެހީގައި އާއިލާ އާއި ރައްޓެހިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެ އީދުގެ އުފާ އެކަކު އަނެކަކާ ހިއްސާކުރުމަށް އިތުރަށް މަގުފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.
• ރީލޯޑް އެންޑް ފްލައި: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން ހަފްތާއަކު ޖުމްލަ 300ރ. އަށް ވުރެ މަތިން ރިލޯޑްކޮށްގެން 10،000ރ. ގެ މޯލްޑިވިއަން ޑޮމެސްޓިކް ޓްރެވަލް ވައުޗަރުއް ހޯދުމުގެ ފުރުސަތު.
• އީދު ސްޓްރީމިން އެޑްއޮން: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ސްޓްރީމްކުރުމަށް އެންމެ 20ރ. އަށް 25ޖީބީ.
• ހަދިޔާކޮށްގެން ހަދިޔާ ހޯދުމުގެ ފުރުސަތު: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، އެހެން ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު.
• ފްރީ އަޕްގްރޭޑް ޕްރޮމޯ: ދިރާގު ފައިބާ ބްރޮޑްބޭންޑް ޕްކޭޖަކަށް އިތުރު އަގަކާ ނުލާ މުޅިން ހިލޭ އަޕްގްރޭޑް ކުރެވުން.
• ފައިބާ ބްރޮޑްބޭންޑް ގުޅައިދިނުން ހިލޭ: ދިރާގު ފައިބާ ބްރޮޑްބޭންޑް ހިދުމަތް ނަގާ ކަސްޓަމަރުންނަށް ސެޓަޕް އަދި ރައުޓާ މުޅިން ހިލޭ.
• 100ޖީބީ ޑޭޓާ އެޑްއޮންއާއެކު އިތުރު 25ޖީބީ: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 100ޖީބީގެ ކޮންމެ އެޑްއޮންއަކާއެކު އިތުރު 25ޖީބީ މުޅިން ހިލޭ.
• ސަޅި ކުއާޓަލީ: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ސަޅި ކޮއާޓަލީ އެޑްއޮން އެކްޓިވޭޓްކޮށްގެން 180ޖީބީ އާއެކު އިތުރު 50ޖީބީ އަދި ދިރާގު ކޯލްތައް މުޅިން ހިލޭ.
• ހިލޭ 5ޖީ ރައުޓަރެއް: އަލަށް 5ޖީ ޓާބޯ ހިދުމަތް ނަގާ ކަސްޓަމަރުންގެ ތެރެއިން 549ރ. އިން މަތީގެ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް 5ޖީ ރައުޓަރެއް ހިލޭ.
• އީދަށް އަންލިމިޓެޑް މޫވީޒް: ދިރާގުއެޕްގެ އީޒޯން މެދުވެރިކޮށް ލަޔަންސްގޭޓްޕްލޭ އެކްޓިވޭޓްކުރާ ފަރާތްތަކަށް ފިލްމު ބަލާލުން މުޅިން ހިލޭ.
އީދަށް ހާއްސަކޮށްގެން ދިރާގުން އިއުލާންކުރި ހުރިހާ އޮފާއެއް ޖޫން 10، އާ ހަމައަށް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން ދިރާގުން ބުނީ އީދުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި އެ ކުންފުނިން ބައިވެރިވާނެ ކަމަށެވެ.
ދިރާގުން އަބަދުވެސް އެކި މުނާސަބަތުތަކާ ގުޅުވައި ކަސްޓަމަރުން ޝައުގުވެރިވާ ހާއްސަ ޕްރޮމޯޝަންތައް އަބަދުވެސް ކުރިއަށް ގެންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ